ސަލްސާ ރިޓްރީޓުން ކޮންމެ ޓީޗަރަކަށް ޑިނާ ވައުޗާއެއް

ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ސަލްސާ ރިޓްރީޓުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުރިހާ ޓީޗަރުންނަށް ގިފްޓް ވައުޗާއެއް ހަދިޔާކޮށްފި އެވެ.

ސަލްސާއިން ހަދިޔާކުރި ޑިނަ ނައިޓް ގިފްޓް ވައުޗަރު ޓީޗަރުންނަށް ސަޕްރައިޒެއްގެ ގޮތުގައި ޓީޗަރުންނަށް ހަވާލުކުރީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސްކޫލުގައި ބޭއްވި ހަފްލާގެ ތެރެއިންނެވެ. އެގޮތުން އެ ސްކޫލުގެ ކޮންމެ ޓީޗަރަކަށް ހަދިޔާގެ ގޮތުގައި 200ރ. ވައުޗާއެއް ވަނީ ދީފައެވެ.

ޓީޗަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް މިފަދަ ހަދިޔާއެއް ދެއްވުމަށް ސަލްސާއިން އިސްނެންގެވީތީ އެ ސްކޫލުން ވަނީ ސަލްސާއަށް ޝުކުރު ދަންނަވާފައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި 80 އަށްވުރެ ގިނަ ޓީޗަރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ސަލްސާ ރިޓްރީޓަކީ އޭދަފުށީގައި ހުރި އެންމެ ހިތްގައިމު އެއް ރެސްޓޯރަންޓެވެ. އެ ރެސްޓޯރެންޓުން ވެސް މާލޭގައި ހުންނަ ސަލްސާގެ ރެސްޓޯރެންޓްތަކުން ލިބޭ ހިދުމަތްތައް ލިބެން ހުރެއެވެ. އެގޮތުން ބޮޑެތި ހަފްލާތަކަށް ކޭޓަ ކޮށްދިނުމާއި އެފަދަ އިވެންޓްތައް އިންތިޒާމުކޮށްދިނުމުގެ ހިދުމަތްތައް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.