ދާއިރާގެ ރައީސް ކަމުން ހިސާން އިސްތިއުފާދިނުމަށް ގޮވާލައިފި

އެމްޑީޕީގެ އޭދަފުށީ ދާއިރާގެ ރައީސް ކަމުން ހިޝާން ހުސައިން އިސްތިއުފާދެއްވުމަށް އެމްޑީޕީގެ ބައެއް ބައެއް ސަޕޯޓަރުން ގޮވާލައިފި އެވެ.

އެމްޑީޕީގެ ބައެއް ސަޕޯޓަރުން ބުނީ ހިސާންއަށް ދާއިރާގެ ރައީސްގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށާއި އަދި ދާއިރާ ކުރިއަރުވަން ވެސް އެއްވެސް މަސައްކަތެއް ކުރާކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

“އެއްގޮތަކަށް ވެސް ޒާތީވެގެނެއް ނޫން އިސްތިއުފާއަށް މި ގޮވާލަނީ، ވާޖިބު އަދާނުކުރެވޭތީ، ގޮފިތަކުގެ ރައީސުންނާއި ނައިބް ރައީސުންނާ އެއްވެސް މަޝްވަރާއެއް ނުކުރޭ. ބޭނުންވާ ދެތިން މީހަކާ މަޝްވަރާ ކޮށްލާފަ ދަނީ. އަތޮޅަށް އައިސްފަ ދާއިރު ދާއިރާގެ ރަށްރަށަށް ނާރަ ދިއުމަކީވެސް ވަރަށް ބޮޑު މައްސަލައެއް،”

އޭދަފުށީ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަންޖެހޭ ކަމަށް ބުނެ، ހިސާން އިސްތިއުފާއަށް ގޮވާލައި އެ ޕާޓީގެ ބައެއް މެންބަރުން ބުނީ، ހިސާން އަވަހަށް އިސްތިއުފާ ނުދެއްވައިފިނަމަ، ކުރިއަށްއޮތް އިންތިހާބު ތަކުގައި ދާއިރާގެ ހުރިހާ ގޮނޑިތަކެއް އެމްޑީޕީއަށް ގެއްލިދާނެކަމުގެ ބިރު އޮތް ކަމަށެވެ

މިހާރު ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން އަންނަ ހިސާން ހުސައިން އެމްޑީޕީގެ އޭދަފުށީ ދާއިރާގެ ރައީސްކަން ކުރައްވާތާ މިއީ ހަތްވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.