ސިޔާސީ ދާއިރާއަށް ވަނުމަށް އަންހެނުން ބާރުވެރިކުރުވަން ތަމްރީނުކޮށްދެނީ

އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށާއި ސިޓީ ކައުންސިލުތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަށް ނިންމާފައިވާތީ ސިޔާސީ ދާއިރާއަށް އަންހެނުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ބ. އަތޮޅުގައި ބާއްވަން ނިންމައިފި އެވެ.

ބ. އަތޮޅު ކައުންސިލާއި ކޮމިއުނިޓީ ޑިވެލޮޕްމަންޓް އިނިޝިއޭޓިވްސް (ކޮޑި) ގުޅިގެން ނޮވެމްބަރު 9-10 އަށް “ސްޓްރެންތެނިންގ ލޯކަލް ޑިމޮކްރަސީ އެންޑް ގަވަނަންސް އިން ދަ މޯލްޑިވްސް” ގެ ނަމުގައި އޭދަފުށީގައި ބާއްވާ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

ހިލޭ ބައިވެރިވެވޭ މި ޕްރޮގްރާމުގައި އިންތިހާބަށް ކެމްޕޭން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި، ކެމްޕެއިނަށް ފައިސާ ހޯދާނެ ގޮތްތަކާއި އަދި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން ރަށާއި އަތޮޅު އަދި ގައުމީ ފެންވަރުގައި އަންހެނުންގެ ބައިވެރިވުމާއި އަންހެނުން ކަންކަމަށް އިސްނެގުމާއި ލީޑަޝިޕް އިތުރުކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން ވެސް މައުލޫމާތު ދޭނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ބ. އަތޮޅުގެ އަންހެން ބޭފުޅުން 6608300 ނަމްބަރަށް ގުޅައި ނަންނޯޓް ކުރުމަށް އަތޮޅު ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.