ވާސިފް، ހިތްވަރުގަދަކަމުގެ ކުލަ ހާސިލުކޮށްފި

ހަނގުރާމައިގެ ހާލަތްތަކުގައި މެޑަލް ލިބޭ ދަރަޖައަށް ނުފެތޭ، ނަމަވެސް ފާހަގަކޮށްލެވޭ ހިތްވަރުގަދަ އަމަލެއް ކުރާ ފަރާތްތަކަށް ދެވޭ ކުލަ ބ. އޭދަފުއްޓަށް އުފަން ސްޓާފް ސާޖަންޓް މުހައްމަދު ވާސިފް ހާސިލުކޮށްފި އެވެ.

މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިން އިސް ނަގައިގެން ބޭއްވި ރަސްމިއްޔާތުގައި، ހިތްވަރުގަދަ ކަމުގެ ކުލަ ހާސިލުކުރި 11 ސިފައިންގެ މީހަކަށް ކުލަ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ.

ހިތްވަރުގަދަކަމުގެ ކުލަ ހާސިލްކުރި ސިފައިިން:

  • ސްޓާފް ސާޖަންޓް މުހައްމަދު ވާސިފް
  • ސާޖަންޓް ޝައުކަތު އަމީން
  • ސާޖަންޓް ހަސަން ތައުފީގު
  • ކޯޕްރަލް އަބްދުﷲ ރަޝީދު
  • ކޯޕްރަލް އިބްރާހިމް ނާޒިފް
  • ކޯޕްރަލް އަބްދުއްރަޝީދު މުހައްމަދު
  • ކޯޕްރަލް އަހްމަދު ރަޝީދު
  • ލާންސް ކޯޕްރަލް ނަސްރުﷲ އަލީ
  • ލާންސް ކޯޕްރަލް އަދުނާން އަބްދުއްރަހީމް
  • ޕްރައިވެޓް އިބްރާހިމް އިމްތިޔާޒް
  • ޕްރައިވެޓް އިސްމާއިލް ރިހުޝާން

ހިތްވަރުގަދަކަމުގެ ކުލައަކީ ދިމާވާ ނުރައްކާތެރި ހާދިސާއެއްގައި ހިތްވަރުގަދަ ކަމެއް ކުރުމުން، ނުވަތަ ބަޔަކަށް ދިމާވާ ނުރައްކަލަކުން ސަލާމަތްކުރުމަށް ހިތްވަރުގަދަ ކަމެއް ކުރުން، ނުވަތަ ގައުމުގެ އަމަން އަމާންކަމާ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި އަދި ސުލްހަ މަސްލަހަތު ގެއްލޭފަދަ ކަމެއް ރާވާ ބަޔަކާ ބެހޭ މައުލޫމާތު ހޯދުމުގައި ހިތްވަރުގަދަ އަމަލެއް ކުރާ ފަރާތަކަށްދޭ ކުލައެކެވެ.

މީގެ އިތުރުން އޭދަފުއްޓަށް އުފަން މަހުފޫޒު އަބްދުއްރަޝީދަށް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ބޮޑު ހާދިސާގައި މީހުން ސަލާމަތް ކުރި، ސިފައިންގެ މީހުންނަށް ދިން ރިހި މެޑަލް ހާސިލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.