ބަޖެޓް 2020: އޭދަފުށީގައި ބަނދަރަކާއި ޗިލްޑްރަންސް ހޯމެއް

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، އޭދަފުށީގައި އަންނަ އަހަރު އަލަށްފަށާ މަޝްރޫއުތަކުގެ ތެރޭގައި ބަނދަރަކާއި ކުޑަކުދިން ބަލަހައްޓާ ޗިލްޑްރަންސް ހޯމެއް ގާއިމުކުރަން ހިމައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން އޭދަފުށީގައި ބަނދަރެއް ހެދުމަށް 20 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ، މިއީ އަންނަ އަހަރު މިރަށަށް އެންމެބޮޑު ހޭދައެއް ކުރާނެ މަޝްރޫއު އެވެ. އޭދަފުށީގައި ގާއިމުކުރާ ކުޑަކުދިންގެ ހިޔާއަށް 1.9 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވެ އެވެ.

އޭދަފުށީގައި އަންނަ އަހަރު ހިންގަން ބަޖެޓްކޮށްފައިވާ މަޝްރޫއުތައް

މީގެ އިތުރުން މިރަށުގައި މިހާރު ހިނގަމުންދާ މަގު ހެދުމުގެ މަޝްރޫއަކީ އަންނަ އަހަރު މި ރަށަށް ދެވަނަ އަށް އެެންމެ ބޮޑު ހޭދައެއް ކުރާނެ މަޝްރޫއެވެ. އަންނަ އަހަރު މި މަޝްރޫއުއަށް 18 މިލިއަން ރުފިޔާ ހޭދަކުރާނެކަމަށް ބަޖެޓްކޮށްފައިވެ އެވެ. މީގެ އިތުރުން ބ. އަތޮޅު އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން ޕްރީޓެންޑަރިން އަށް ދެ މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ހަމަޖައްސައިފަ އެވެ.

އަންނަ އަހަރުގެ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ހައުސިން އާއި ތިމާވެށީގެ މަޝްރޫއުތަކާއި އިޖުތިމާއީ އަދި ސިނާއީ މަޝްރޫއުތައް ހިންގާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.