ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތަޖުރިބާ ހިއްސާކުރުމުގެ ފޯރަމެއް ބާއްވައިފި

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓަމުންގެންދަވާ ފަރާތްތަކަށް އަމާޒުކޮށްގެން ބ. އޭދަފުށީގައި  ފޯރަމެއް ބާއްވައިފި އެވެ.

އެނުއަލް އެކްސްޕީރިއަންސް އެކްސްޗޭންޖު ފޯރަމް ފޯ ޕާކްސްގެ ނަމުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ފޯރަމްގައި ރާއްޖޭގައި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވުގެ އިތުރުން، އައްޑޫ އަދި ފުވައްމުލަކު ނޭޗާ ޕާކާއި ސައުތުއަރި މެރިން ޕާކުގައި މަސައްކަތް ކުރާ 19 މީހުން ބައިވެރިވެރިވި އެވެ. މީގެ އިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޓެކްނިކަލް މުވައްޒަފުންވެސް މި ފޯރަމުގައި ބައިވެރިވި އެވެ.

ފޯރަމު ހުޅުވުމުގެ ރަސްމިއްޔާތުގައި އީޕީއޭގެ ޑިރެކްޓަރު އައިޝަތު ފަރުހަތު  ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރައް މެނޭޖްމަންޓް ޕްލޭނެއް ހެދިގެން ބެލެހެއްޓުމުގެ މަސައްކަތް ފެށުނީ ބ. އަތޮޅުގައި ކަމަށާ، މިއަދު ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ހިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަނުން މިސާލެއްގޮތުގައި މިއަތޮޅު ނަގަން ޖެހޭކަމަށެވެ.

އަދި މިއީ ރާއްޖޭގައި މިގޮތައް ބާއްވާ ފުރަތަމަ ފޯރަމު ކަމަށާއި އަންނަ އަހަރުވެސް މި ބައްދަލުވުން ރާއްޖޭގެ ކޮންމެވެސް އެއްހިސާބެއްގައި ބާއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

މި ފޯރަމްގައި ވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް ކުރަމުންގެންދާ މަސައްކަތާއި މި މަސައްކަތުގެ ތަޖުރިބާ އާއި ދިމާވި ގޮންޖެހުންތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން ބ. އަތޮޅުގައި ހިމާޔަތްކޮށް ބަލަހައްޓަމުންދާ ސަރަހައްދުތައް ބަލާލުމާ އެތަންތަން ބެލެހެއްޓުމުގައި ބ. އަތޮޅު ބަޔޯސްފިއާ ރިޒާވުންކުރަމުން ގެންދާ މަސައްކަތްތައް ދައްކާލުން ހިމެނެވެއެވެ. އަދި ބ. އަތޮޅުގައި ތިމާވެއްޓައް މީހުން ހޭލުންތެރިކުރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި ރިސޯޓްތަކުގައި ކުރާ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ބައިވެރިންނަށް ވަނީ ދައްކާލައިފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މެނޭޖްމަންޓް ޕްލޭނެއްހެދިގެން ބަލަހައްޓަމުން ގެންދިޔައި ބ. އަތޮޅު ހަނިފަރުބޭއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.