އޭދަފުށީ މަގުހެދުމުގެ މަސައްކަތް އަލުން ފަށައިފި

މި ވަގުތު ހުއްޓިފައި އޮތް އޭދަފުށީ މަގުހެދުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

ތާރު އަޅައިގެން އޭދަފުށިގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މި މަޝްރޫއު މިދިޔަ ރިޔާސީ އިންތިހާބަށްފަހު އޮތީ ހުއްޓިފައެވެ. މަސައްކަތް ހުއްޓުނުއިރު، މަޝްރޫއުގެ ބޮޑުބައެއްވަނީ ނިމިފަ އެވެ. އެގޮތުން ޕޭމަންޓް ހަދައި ބައެއް މަގުތަކުގައި ތާރު އެޅުމުގެ ކުރިން އަޅާ ކޮންކްރީޓް ލޭޔަރުވެސް ވަނީ އަޅާފައެވެ.  އަދި ތާރު އަޅަން ފެށުމުގެ ތައްޔާރީ ތަކާއެކު ތާރާއި އެ މަސައްކަތަށް ބޭނުންވާ ވެހިކަލްތައް ވެސް އޭދަފުއްޓަށް ގެނައެވެ.

އެއަށްފަހު މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހު އާސަރުކާރުން މިރަށުގެ މަގުތައް ހެދުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާސްޕޯޓް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

8 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިއަހަރުގެ އޭޕްރިލް މަހު ތެރޭގައެވެ. ނަމަވެސް މި މަސައްކަތް ނުފެށި ލަސްވީ މަގުތަކުގެ ކުރެހުމަށް ބަދަލުތަކެއް ގެނައުމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން އޭދަފުށީ ބޮޑެތި 17މަގުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން މިމަގުތަކުގައި މަގުބައްތި ޖެހުމާ ފެންހިންދާ ނިޒާމެއް ގާއިމް ކުރެވިގެން ދާނެކަމަށެވެ.

މި މަޝްރޫޢުއަށް ސައުވީސް މިލިއަނަށްވުރެއް ގިނަ ރުފިޔާ ޚަރަދުކުރުމަށްވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    އޭދަފުށިމީހެއް.

    ރިޔާސީ އިންތިޚާބުގެ ކުރިންވެސް އޮތީ ހުއްޓިފަ. ތެދު ވާނީ ތެދަށް. ތެދުވެރިކަމާއެކު ޚަބަރުތައް ލިޔުއްވާ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.