އޭދަފުށީ ދާއިރާގެ މީހުންނަކީ ނާތަހުޒީބު ބައެއްކަމަށް އާނިޔާ ސިފަކޮށްފި

އޭދަފުށީ ދާއިރާގެ މީހުންނަކީ ނާތަހުޒީބު ބައެއްކަމަށް  “މިނިވަން ރޭޑިއޯ” ގެ ކޮރެސްޕޮންޑެންޓް އައިޝަތު އާނިޔާ ސިފަކޮށްފި އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމްގެ ފޮޓޯއަކާއެކު އާނިޔާ ކުރި ޓްވީޓެއްގައި ބުނީ މި މީހާ (ސަލީމް) ތަކުރާރުކޮށް މަޖިލިސް ތެރެއިން ފެންނަކަމީ އޭނާ ނިސްބަތްވާ ދާއިރާގެ މީހުންނަށް ހެވާއި ނުބައި އަދި ތަހުޒީބާއި ދަމައްދުން ދޭހަވުމުގެ ގާބިލުކަން ލިބިފައިނުވާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

އާނިޔާ މިގޮތަށް ޓްވީޓް ކޮށްފައިވަނީ ކީއްވެކަމެއް ނޭނގެ އެވެ. ނަމަވެސް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އާއްމުގޮތެއްގައި މަޖިލީހުގައި ދައްކާނީ ކުރީގެ އިސްލާމީ ތާރީޚުގެ ވާހަކަތަކެވެ.

އާނިޔާއަކީ ކުރީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ، އަދި ދީނާ ޚިލާފު ވާހަކަތައް ދައްކާފައިވާ މީހެއްގެ ގޮތުގައި ފާހަގަކުރެވޭ ފަރާތެކެވެ. އަދި މިފަހުން ވެސް ދީނަށް ފުރައްސާރަވާ ގޮތަށް ސޯޝަލް މީޑިއާގައި އާނިޔާ ވާހަކަ ދައްކާ ކަމަށް ބުނެ ގިނަ ބައެއްގެ ނުރުން އޭނާއަށް އަމާޒުވި އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

 1. Avatar
  ކަނބުލޮ

  ދީނައް ލޯބިކުރާބައެއްވިއްޔާ ސިޔާސީކަމެއްގަ ދީނޭދީނޭ ކިޔާނެކަމެއްނެތް. އާނިޔާ ވިޔަސް ކޮންމެމީހެއްވިޔަސް ރަގަޅުވާހަކައެއްވިއްޔާ ވާނީ ހަމަ ރަގަޅު ވާހަކައަކަށް. އެބުނީ ހަމަރަގަޅަށް. އޮޅުވާލައިގެން މަޒުމޫނެއްހަދައިގެން ނޫހުގަޖެހުމުން ހެޔޮވިސްނޭބަޔަކަށް އޮޅޭނެކަމަށް ދެކިގެން ނުވާނެ. މާ ދީންވެރި ވެގެން އުޅެންޏާ ތިމާއައް ލިބޭއެއްޗެއް ތިމާގެ އަވެއްޓަރިންނަށްވެސް ލިބެން އެދިބަލަ. ދާއިރާގެ 3 ރަށް އޮންނައިރު އެއްރަށަށް ފިޔަވާ ކޮންރަށަކަށްތޯ ކަމެއްނުވެގެން ބޮޑުވެގެން އުޅެނީ.. ސިޔާސީގޮތުން ބަލަޖެހެ ދޯ

  ރައްދު
 2. Avatar
  އޭދަފުށީ ދަރިއެއް.

  ދީނީ ވާހަކަ ދައްކާ ކޮންމެ މީހަކު ދެކެ މިސަރުކާރުގައި ތިބި ފެންނުވަރާ ޓީމުން އެއްޗެހި ކިޔާނެ އަދި އިންޒާރުވެސް ދޭނެ. މިސަރުކާރުގައި ލާދީނީ ބައިގަނޑު ކުރާ މިކަހަލަ ކަންކަމާމެދު ނުވިސްނާ، އޭދަފުށީ މީހުންނަކީ ތަހުޒީބު ތައުލީމީ ރައްޔިތުން ތަކެއް ދިރިއުޅޭ ރަށެއް ފަހުރުވެރިވަން ސަލީމް އަށް ވޯޓް ދެވުނީތީ. ދެންވެސް ސަލީމް ދެންވެސް ސަލީމް. ރީނދޫ ބައިގަނޑައް ވޯޓެއް ދުވަހަކުވެސް ނުދޭނަން. ލާދީނީ ސަރުކާރު

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.