ފަންނު އެކްސްޕޯގެ ގިނަ ވަނަތަކެއް ބ. އަތޮޅަށް

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު، ފަންނު އެކްސްޕޯގެ ފާހަގަ ކޮށްލެވޭ ގިނަ ވަނަތަކެއް ބ. އަތޮޅަށް ލިބިއްޖެ އެވެ.

ބ. އަތޮޅުން ވަނީ ލިޔެލާ ޖެހުމުބުގެ ބައިންނާއި ދަތުރުފަތުގެ ގިންތިން އަދި އަމިއްލަ ފަންނުގެ ދާއިރާއިން އެއްވަނަ ހޯދައިފަ އެވެ. މީގެ އިތުރުން މަސްވެރިކަމުގެ ގިންތިތަކުން ދެ ވަނަ، އަތްތެރި މަސައްކަތް އެހެނިގެން ބައިތައް/ ދަގަނޑާއި އެހެނިހެން މައުދަނުގެ ބައިން ދެވަނަ، މަސްވެރިކަމުގެ ބައިން ދެވަނަ އަދި މުޅި މައުރަޒުން ވަނީ ދެވަނަ ހޯދައިފަ އެވެ.

މީގެ އިތުރުން އަމިއްލަ ފަންނުގެ ދާއިރާއިން މިއަތޮޅު ތުޅާދޫ، ރިޔާޒް، އަބްދުލް އަޒީމް އަބްދުލް ރަހީމް ވަނީ އެއްވަނަ ހޯދައިފަ އެވެ.

ފަންނު އެކްޕޯގައި އެންމެ ރަނގަޅު ވަނަތައް ހޯދާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށް އެއް މިލިއަން ރުފިޔާގެ ލޯން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މި އަހަރުގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި 6 ދާއިރާއަކުން 14 ގިންތިއަކުން 350 މީހުން ބައިވެރިވެފައި ވެއެވެ.

އެކްސްޕޯ އޮންނާނީ މި މަހުގެ 28 ގެ ނިޔަލަށް އަށް ދަރުބާރުގެ އާއި ކުޑަކުދިންގެ ޕާކު އަދި ކަލާފާނު ސްކޫލްގަ އެވެ. ހުޅުވިފައި ހުންނާނީ މެންދުރުފަހު 2:00 އިން ރޭގަނޑު 11:00 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.