އަލިފާނުގެ ހާދިސާގައި އެޓޯލް ކިއުޓް ލޯންޗާއި ފަޅުވެރިންނަށް ބޮޑެތި ގެއްލުންތަކެއް

ވިލިމާލޭ ފަޅުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، ރޭ ހިނގި އަލިފާނުގެ ހާދިސާގައި ބ. އަތޮޅުގައި ލޯންޗު ފެރީގެ ޚިދުމަތްދޭ އެޓޯލް ކިއުޓް ކްރޫޒާގެ ފަޅުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގައި ރޯވި އަލިފާން އެ ސަރަހައްދުގައި އޮތް އެހެން އުޅަނދަކަށް ވެސް ފެތުރުނު ކަމަށެވެ. މިރޭ 10:30 ހާއިރު ރޯވި އަލިފާން ގަޑިއެއްހާއިރު ފަހުން ނިއްވާލެވުނު އިރު، ހަ މީހަކު ފިހިގެން ހޮސްޕިޓަލަސް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަންޒަރުދުއް ބައެއް މީހުން ބުނިގޮތުގައި ތެޔޮ ބޯޓުގައި ރޯވީ، އެ ލޯންޗަށް ޕެޓްރޯލް އަޅާ ނިމި، ލޯންޗު ނައްޓާލަން އުޅެނިކޮށް ކަމަށެވެ.

އަލިފާނުގެ ހާދިސާގައި އަނިޔާލިބުނު އެޓޯލް ކިއުޓް ފެރީގެ ކެޕްޓަން

“އީޓީ” އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެޓޯލް ކިއުޓް ލޯންޗުގައި މަސައްކަތް ކުރާ ބަނގްލަދޭޝްގެ ފަޅުވެރިއެއް ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އަދި ލޯންޗުގެ ކެޕްޓަން ނަބީހުގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ފައިގެ އޮޕަރޭޝަނެއް ވީ އެންމެ އަވަހަކަށް ކުރަންޖެހޭ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް އޭނާގެ ގައިގެ އެއްވެސް ތަނެއް ފިހުނުކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވި އެޓޯލް ކިއުޓްގެ ލޯންޗު މިހާރުވަނީ ވިލިމާލޭ ފަޅުތެރޭ މޫދު އަޑީގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.