އޭދަފުށީގެ އަގުހުރި ޚިދުމަތްތެރިޔާ ރަހްމާން ނިޔާވެއްޖެ

ބ. އޭދަފުށީގެ ވަރުގަދަ އެއް ސަހުސިއްޔަތު ކަމަށްވާ މިރަށު މާފަރު، އަބްދުއްރަހްމާން ހަސަން ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ ގިނަ ދުވަސްތަކަކު ބަލިވެއުޅުއްވުމަށްފަހު ރޭ ދަންވަރު ބ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވިއިރު އުމުރަކީ 82 އަހަރެވެ.

ރަހްމާނަކީ މި ރަށުން ވެސް، އަދި އެހެން ރަށަކުން ވިޔަސް، މަދުން ނޫނީ ނުފެންނާނޭ ވަރުގެ “ވަރުގަދަ ލީޑަރެކެވެ”. އެހާމެ އަގުހުރި ހިދުމަތްތެރިއެކެވެ. ހިދުމަތުގެ ސާފު، ތާރީހީ ރެކޯޑެއް އޮތް ޝަޚުސިއްޔަތެއް ވެސް މެ އެވެ.

އުމުރުން 13 އަހަރުގައި ވަޒީފާ އަށް އަތުކުރި އޮޅާލި ރަހުމާން ރައްޔިތުންގެ ހިދުމަތުގައި 60 އަށް ވުރެ ގިނަ އަހަރު ހޭދަކުރި އެވެ. އޭނާގެ ހިދުމަތް ނުލިބޭ ވަކި ދާއިރާއެއް މި ރަށަކު ނެތެވެ.

އަބްދުއްރަހްމާން ހަސަން އަށް ރަންނާ އެވޯޑް ހަވާލުކޮށްދެނޯ– ފައިލް ފޮޓޯ

ރަހުމާނުގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން ވަނީ ހަނދާނީ ލިޔުމެއް ދީފަ އެވެ. އަދި އަސާސީ ތައުލީމު ކިޔަވައިދިނުމުގައި ހަރަކާތްތެރިވެފައިވާތީ ސަރުކާރުން އޭނާ އަށް ވަނީ ހަނދާނީ ލިޔުމެއް ވެސް ދީފަ އެވެ. މީގެ އިތުރުން ދައުލަތަށް 20 އަހަރު ޚިދުމަތްކުރުމުގެ ގޮތުން އޭރުގެ ރައީސް މައުމޫން ސޮއިކުރައްވައި ޝަރަފްގެ ލިޔުމެއް ދެއްވާފައި ވެ އެވެ.

މީގެ އިތުރުން ބ. އަތޮޅު ކައުންސިލުންދޭ ރަންނާ އެވޯޑް (އިޖްތިމާއީ ދާއިރާއިން ހިތްވަރު ދިނުމުގެ) އަބްދުއްރަހްމާނަށް ވަނީ ލިބިފަ އެވެ.

އަބްދުއްރަހްމާން ނިޔާވިއިރު، އޭނާގެ އަންބަކާއި ދިހަ ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ. އަދި ދިހަ ދަރީންގެ ފަރާތުން، އަބްދުއްރަހްމާނަށް ކާފަ ކިޔާ 18 ދަރިން އާއިލާގައި އެބަތިއްބެވެ.

ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ އަސުރު ނަމާދަށް ފަހުގަ އެވެ.

އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމާގައި “އީޓީ” ގެ ޓީމުން ބައިވެރިވެ ތައުޒިޔާކިޔަމެވެ. އަޅުގަނޑުމެން އެދެނީ އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިނިވަރު ކުރެއްވުމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.