ޓިވެކްގެ ކެރިއާ ޑޭ މާދަމާ

ބ. ކިހާދޫގައި ހުންނަ ރާއްޖޭގެ އެންމެ ބޮޑު ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ގެ ތިންވަނަ ބެޗުން ގްރެޖުއޭޓްވާ ދަރިވަރުންނަށް ޚާއްސަކޮށްގެން ކެރިއާ ޑޭ އެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

އެ ސެންޓަރުގައި މާދަމާ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް އަށް ކުރިއަށް ގެންދާ މި ހަރަކާތުގައި، ޓިވެކްގެ ތިންވަނަ ބެޗުން ތަމްރީނުވާ ދަރިވަރުން ވަޒީފާތަކަށް ނެގުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ޓިވެކުން ބުނިގޮތުގައި ކެރިއާ ޑޭގެ އެންމެ ބޮޑު ބޭނުމަކީ ޓިވެކްގެ ދަށުން ރިސޯޓްތަކާއި ކުންފުނިތަކުން ތަމްރީނުވާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

ޓިވެކުން އަންނަނީ އެ ސެންޓަރުގެ ތިންވަނަ ބެޗްގެ ގުރެޖުއޭޝަން މިމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ކިހާދޫގައި މީހުން ދިރިއުޅޭ ސަރަހައްދާ ވަކިން، ދެ ލައްކަ އަށް ވުރެ ބޮޑު އަކަފޫޓުގެ ބިމެއްގައި ގާއިމްކޮށްފައިވާ އެ ސެންޓަރު އަމާޒުކޮށްފައިވަނީ، ރަސްމީ ތައުލީމް ނުނިންމާ ނުވަތަ ސެޓްފިކެޓެއް ނެތް ޒުވާނުންނަށެވެ.

ދަރިވަރުން ހިލޭ ތިބުމަށް އެ ތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދޭނީ އެ ސެންޓަރުންނެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭނީ ކަމާ ގުޅޭ ދާއިރާގެ ބޭރުގެ ތަޖުރިބާކާރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.