ޔާމީން މިނިވަންކުރަން ގޮވާލައި އޭދަފުށީގައި ހިނގާލުމެއް ބާއްވައިފި

ޔާމީން މިނިވަންކުރުމަށް ގޮވާލައި މިއަދު އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮލާއި ބ. އޭދަފުށީގައި މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.

އޭދަފުށީގައި ތިބި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން އިސްނަގައިގެން މިއަދު ހަވީރު 4:30 ގައި ޕީޕީއެމް ކެމްޕޭން އޮފީސް ކައިރިން ފަށައިގެން މިރަށުގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދިޔަ ހިނގާލުމުގައި ވަނީ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އަޑުއުފުލައިފަ އެވެ. އެ މީހުން ގޮވަމުން ދިޔައީ، ރައީސް ޔާމީނަކީ ކުށެއްނެތް ބޭފުޅެއް ކަމަށާއި ޔާމީން ވަގުތުން މިނިވަން ކުރުމަށެވެ.

މި ހިނގާލުން ކުރިއަށް ގެންދިޔައިރު، އެ ހިނގާލުމުގެ ބައިވެރިން ތިބީ ޔާމީން މިނިވަންކުރުމަށް ގޮވާލައި ޔާމީންގެ ފޮޓޯޖެހި ހުދު ކުލައިގެ ޓީޝާޓު ލައިގެން ތަފާތު ޝުއޫރު ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެންނެވެ.

ޔާމީން މިނިވަންކުރުމަށް ގޮވާލައި މިއަދު އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން

އެގޮތުން ބޯޑުތަކުގައި ލިޔެފައިވާ ލިޔުންތަކުގެ ތެރޭގައި، “މި ސަރުކާރު ވެރިކަމަށް އައީ ވޯޓް ފޭރިގެން”، ސިޔާސީ ނުފޫޒުން ފަނޑިޔާރުގެ ސަލާމަތްކުރޭ”، 2023 އަހަރެމެންގެ ފަހަރު”، މުޅި ގައުމު ރައީސް ޔާމީނާއެކު،”  ހިމެނެ އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ހުކުމާ އެކު، އެމަނިކުފާނު މާފުށީ ޖަލަށް މިހާރު ގެންގޮސްފައިވާއިރު، އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    ވައްކަމާ ދެކޮޅު

    މޮޔަ ބައެއް ޢާއްމުކޮށް ޓީވީން ލިވްކޮށް ހިނގި ޝަރީއަތަކުން ހުކުމް ކުރީމަ ކުއްވެރިޔާ ސަލާމަތްކުރަން ގޮވާނީ މޮޔައިން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.