ތިން މަސްދުވަހުން އެއާޕޯޓްތައް އެޅިހެން އޭދަފުށީގައި ސްޓޭޑިއަމް އަޅާނަން: އަލީ ވަހީދު

އަލީ ވަހީދަށް އޭދަފުށީން މަރުހަބާ ދަންނަވަނީ-- ފޮޓޯ އެމްޑިޕީ އޭދަފުށި ޓީމް
އަލީ ވަހީދަށް އޭދަފުށީން މަރުހަބާ ދަންނަވަނީ– ފޮޓޯ އެމްޑިޕީ އޭދަފުށި ޓީމް

 

ރައީސް ނަޝީދުގެ ވެރިކަމުގައި ގއ. ކޫއްޑޫ ތަންތާ 3 މަސްދުވަހުން އެއާޕޯޓް އެޅިހެން އޭދަފުށީގައި ފުޓްބޯޅަ ސްޓޭޑިއަމް އަޅާނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އޭދަފުށީގައި މިއަދު އެމްޑީޕީގެ “އެއްބުރުން ޖަގަހަ” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އޭދަފުށިވެސް ތަރައްގީވާނީ މިރަށުގެ ތަރައްގީއަށް މަސައްކަތްކުރާ އެމްޑީޕީއާއެކު ހުރިހާ ރައްޔިތުން މަސައްކަތްކޮށްގެން ކަމަށެވެ.

“އޭދަފުއްޓަކީ އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ތެރޭގައި މޮޑެލް ރަށެއްގެ ގޮތުގައި ކުޅިވަރުތައް ތަރައްގީކުރާނެ ރަށެއް. އެމްޑީޕީގެ 5 އަހަރުގެ ޔޫތު މިނިސްޓަރުގެ ވަޒީރުކަމުގައި އޭދަފުށީގައި ރަނގަޅު ފެންވަރުގެ ބޯޅަ ދަނޑެއް ނުހަދައި ނުހުރެވޭނެ” އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިން އެއްރަށަކުން އުފެއްދި ރަށަކީ އޭދަފުށި ކަމަށާއި އިއްޔެ ކުޅުނު ސާފު ޗެމްޕިއަން ޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއަށް ފުރަތަމަ ލަނޑު ހުޅުވައިދިނީ އޭދަފުށިން ދިން ޕާހަކުން ކަމަށެވެ. އަދި މުޅި ޓީމުގެ ފަހަތް ހިފެހެއްޓީ އޭދަފުށީ ކުޅުންތެރިން ތިބެގެން ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

“މިއަދު އަބްދުﷲ ޔާމީން ނުކުމެ، 300 މިލިއަން ޒުވާނުންނަށް ބަހާނަމޭ ބުނާއިރު 30 އަހަރުގެ ވެރިކަން ނިމި މިރާއްޖޭގެ ބޯޅަ ކުޅެން މޮޅެތި ކުޅުންތެރިން އުފެއްދި ރަށްތަކަށް ބަލާއިރު އޭދަފުއްޓަށްވެސް، ތޮއްޑުއަށްވެސް މަހިބަދޫ އަށްވެސް މިއިން އެއްވެސް ރަށެއްގަ ނެތް ވިނަ ދަނޑެެއްހާ ހިސާބުވެސް އަޅާދީފަ. އެެހެންވީމަ އެމީހުން ނުކުމެ ތަރައްގީގެ ވާހަކަ ދައްކަން، ޒުވާނުންގެ ވާހަކަ ދައްކަން ލަނޑުގަންނަން ޖެހޭނެ. ކާކު ބުނެގެންތޯ އެ ތަންތަން ނާޅާ އެމީހުން އެތިބީ. މިއަދު އަޅުގަނޑުމެން ކަންތައްތައް ކުރަން ފެށީމާ ކަންތައްތައް ހުއްޓުވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މިކަމެއް ނުހުއްޓުވޭނެ.” އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދުގެ މެނިފެސްޓޯގައިވާ ރާއްޖޭގެ 20 ސަރަހައްދުގައި އަޅާ ފުޓްބޯޅަ ސްޓޭޑިއަމްތައް ހަދާނީ މައުމޫން ސަރުކާރުން އަމާޒުކުރާގޮތަށް ވެރިކަން ކުރާ ރަށްތައް ނުވަތަ ވޯޓް ގިނައިން ލިބޭ ރަށްތަކަށް ބަލައިގެނެއް ނޫން ކަމަށާއި އެ ސްޓޭޑިމްތައް އަޅާނީ ފުޓްބޯޅަ ކުޅުންތެރިން އުފެދޭ ރަށްތަކަށް ބަލައިގެން ކަމަށެވެ.

“އެހެންވީމާ ބ. އަތޮޅުގައި މި ސްޓޭޑިއަމް އެއްވެސް ޝައްކެއްނެތި އޭދަފުއްޓަށް ގެންނާނަން” އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ކެމްޕޭން ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގަތީ މިއަދު މެންދުރު އެވެ. އޭނާއަށް އޭދަފުށިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މިރޭ އެމްޑީޕީ އޭދަފުށީ ކެމްޕޭން ޓީމުން ބާއްވާ ބޮޑޫ ޖަލްސަގައި އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. Avatar
    Yahyaa

    އިންޓަރނޭޝަން ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅުމަށް ވަރަށްބޮޑު ބިން ބޭނުންވޭ ދައުލަތުގެ އާމްދަނީ އަކީ އަހަރަކު ގާތްގަނޑަކަށް 10 ނުވަތަ 12 ބިލިއަން ދިވެހިރުފިޔާ މިދފަދަ ސްޓޭޑިއަމެއް އަޅަން ގާތް ގަޑަކަށް 50 ނުވަތަ 60 މިލިއަން ޑޮލަރު ބޭނުންވާނެ ޕަބްލިކް ޕްރައިވެޓް ޕާރޓްޝިޕް ރައީސް ނަޝީދުގެ ވެރިކަމުގައި އޮތް މިރަށުގައި ކިތައް ދަނޑު އެޅިތޯ 34 މިލިއަން ރުފިޔާގެ ޓްރާންސެކްޝަން ހައްދަވައިގެން އުލޫއްވާ ކަމަށް ގިނަބަޔަކުބުނާ ބޭފުޅަކު މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަ ނުދައްކަވާ މިރަށަށް މިއައިސްފައިވާ ތަރައްޤީ އައިސްފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ޒުވާނުން ހައްދަން މިފަދަ ތާކުންތާކުނެޖެހޭ ވާހަކަ ނުދައްކަވާ ތިން އަހަރު އޭދަފުށި އޮތް ޢަލީ ވަޙިދުވެސް ހުންނެވި………

    ރައްދު
  2. Avatar
    އަބްދުﷲ

    ހަޖަމް ނުކުރެވުނީމާ ފާޑު ފާޑު ވާހަކަ ދައްކާނެކަމެއް ނެތް ހަގީގަތަކީ ތިންއަހަރުން ކޮއްދެވުނުކަންތައް 30 އަހަރުން ކުރެވުނުކަންތަކާ ނުބައްދަލު، އޭދަފުށީގަ ސްޑޭދިއަމެއްވެސް އެޅުނީޔާ އެޅޭނީ ހަމަ އެމް ޑީ ޕީއަށް ދެން ލަލަ ލަލާ

    ރައްދު
  3. Avatar
    Mohamed

    މިހާރު އުޑުން ތަރިވެސް ބާލާނެ. ވެދުން ތިކުރަނީ ހަމަ އެދުމާގެން. އޭދަފުށީ ރައްޔިތުންނެއް މިހާރަކު ޖަހާހާ ބެރަކަށް ނުނަށާނެ. އަމުދުން ފުޓްބޯޅަ ދަނޑޭކިޔާގެން ތިދައްކާ ވާހަކަޔަކީ އާވާހަކައެއްނޫން…. 3 އަހަރު ވެރިކަންކުރިިއިރު އޭދަފުއްޓަށް ކޮންކަމެއް ކޮއްދިނީ. ކަމެއް ކޮއްނުދިނީ އޭދަފުށިން ލިބުނު ވޯޓު ހަމަ މަދުވީމަ. ހެހެހެހެހެހެހެ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.