ޓޫކިލޯ އެމްޑީޕީއަށް ސޮއިކޮށްފި

މުޚުތާރު އަލީ ވަހީދުގެ ޓީމާއެކު
މުޚުތާރު އަލީ ވަހީދުގެ ޓީމާއެކު

2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕްގެ ކޮލޮމްބޯގައި ކުޅެވުނު މެޗުގެ 88 ވަނަ މިނިޓްގައި އިންޑީޔާ ކޮޅަށް ގޯލެއްޖަހައި ދިވެހިރާއްޖެއަށް ފުޓުބޯޅައިން އެންމެ ފުރަތަމަ ރަން މެޑެލް ހޯދަދިން ރަންގޯލުގެ ވެރިޔާ މުޙުތާރު ނަސީރު (ޓޫ ކިލޯ)  އެމްޑީޕީއަށް ސޮއިކޮށްފި އެވެ.

އެތައްޒަމާނެއްވަންދެން ދިވެހިން ދެކުނު ހުވަފެން ހަޤީގަތަކަށް ހަދައި ރަން ގޯލް ޖަހައި ދިން މުޙުތާރު ނަސީރު އެމްޑީޕީއަށް ސޮއިކުރީ ރޭ ބ. އޭދަފުށިގައި ބޭއްވި “ރައީސް ނަޝީދާއި އެކު އެއްބުރުން” ދަތުރުތައް ނިންމާލި ޖަލްސާގަ އެވެ.

ރޭ ޓޫ ކިލޯ އެމްޑިޕާއާއި ގުޅިވަޑައިގަތުމަށް ފަހު ވިދާޅުވީ، ރައީސް ނަޝީދަށް މި އިންތިޚާބުގައި ލާ ވޯޓަކީ އެމަނިކުފާނުގެ ކުޅިވަރު ސިޔާސަތައް ލާ ވޯޓެއް ކަމަށާއި، ރާއްޖޭގެ އެންމެހާ ޒުވާނުން މިއަދު ބޭނުންވަނީ ރަށު ބޯޅާދަނޑުތައް ޒަމާނީ ފެންވަރަށް ހެދޭނެ ވެރިއެއް ކަމަށާއި، އެ ވެރިއަކީ ރައީސް ނަޝީދު ކަމަށެވެ.

މުޙުތާރު ނަސީރު ސޮއިކުރެއްވީ “ރައީސް ނަޝީދުއާއި އެކު އެއްބުރުން” ދަތުރުތަކުގައި އިސް ލީޑަރަކަށް އުޅުއްވާ ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރ އަދި އެމްޑީޕީގެ ޕާލިއަމަންޓަރީ ގްރޫޕުގެ ޑިޕިއުޓީ ލީޑަރ އަލީ ވަޙީދުއާއި އެބޭފުޅާގެ ޓީމުގެ ހާޒިރުގައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Ahmed Rasheed/ Seetmaage - Baa. Eydhafushi

    މުޙުތާރު ނަސީރު (ޓޫ ކިލޯ) އަށް މަރުޙަބާ! ކުޅިވަރުގެ މައިދާނުގައި ޝާމިލުވާ އެންމެހާ ޒުވާނުންގެ އުންމީދަކީ އެމް.ޑީ.ޕީ ކަމުގައި ޤަބޫލުކޮށް މިފަހަރު އެމް.ޑީ.ޕީ އަށް ވޯޓު ދެއްވުން އެދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.