އޭދަފުށިން ގާސިމަށް ހޫނު މަރުހަބާއެއް

ރޭ ގާސިމު އޭދަފުއްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ
ރޭ ގާސިމު އޭދަފުއްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ

 

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އޭދަފުއްޓަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓާއި އެމަނިކުފާނުގެ ޓީމު އޭދަފުއްޓަށް ވަޑައިގެންނެވީ ރޭ ނުވަހެއް ޖަހަނިކޮށެވެ. ގާސިމް އޭދަފުއްޓަށް ވަޑައިގަތުމުން ރަށުގެ ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރުމައްޗަށް ނިކުތެވެ.

ގާސިމު އޭދަފުއްޓަށް ވަޑައިގެން ރޭ ވަނީ އެ ޕާޓީގެ ކެމްޕޭން ޖަގަހައެއްވެސް ހުޅުވައިދެއްވައިފަ އެވެ. މިރަށު ބަންބަން ކެފޭ ކައިރީ މި ޖަހަގަ ހުޅުއްވައި ދެއްވުމަށް ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ އޭދަފުއްޓަކީ ހިތްވަރުގަދަ މުރާލި ރައްޔިތެއް ދިރިއުޅޭ، ރާއްޖެއަށް މަޝްހޫރު ރަށެއްކަމަށާއި އެ މަނިކުފާނުގެ ވެރިކަމެއްގައި އޭދަފުށި އެތައް ގުނައަކަށް ތަރައްގީ ކުރާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމެއްގައި އޭދަފުށީގެ ބިން ކިއްކައި ބަދަރު ބޮޑުކޮށް އަދި ރަށުގެ މަގުތައް ރަނގަޅު ފެނަވަރަކށް ހަދައި ތާރުއަޅުއްވައި ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ވަޒީރު އިލްޔާސް އިބްރާހިމް ވިދާޅުވީ އޭދަފުށީ ރައްޔިތުން ގާސިމު ހޮއްވަވައިފިނަމަ، އޭދަފުށީ ތަރައްގީކުރަން އަމަލީގޮތުން އުޅުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކުރިމަތި ލައްވާފައިވާ ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސްކަމުގެ މަގާމަށް ހޮވަން ގާސިމުވަރުގެ ބޭފުޅެއްނެތް ކަމަށެވެ.

ވެރިއެއްގެ ސިފަތަކުގެ ތެރޭގައި އަނިޔާވެރިވުމުގެ ސިފަނެތުމާއ ހިތްތިރކަން ހުންނަޖެހޭކަން ފާހަގަކުރައްވައި އިލުޔާސް ވިދާޅުވީ، މީހަކަށް އަނިޔާވެރިވުމަށް ގާސިމުގެ ހިތަށް ދުވަހަކުވެސް ނާރާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ރަނގަޅު މުސްތަގުބަލެއް އޮތީ ގާސިމު ރައީސްކަމަށް ހޮވައިގެން ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްބާސް އިބްރާހީމް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި މީހަކު ބުނީތީ ކަމެއް ކުރާ އުސޫލުން ވޯޓްދީގެން ނުބާނެ ކަމަށާއި ވޯޓް ދޭންވާނީ ކުރުމަތިލައްވާފަ ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަގަލީ ކާކުތޯ ބަލައިފަ ކަމަށެވެ.

“ގާސިމު އެއްވެސް މީހަކަށް މަކަރެއް ނުހައްދަވާނެ. އަދި އެއްވެސް މީހަކަށް ދެރަގޮތެއްވެސް ނުހައްދަވާނެ. ގާސިމަކީ ތިމާގެ އަމިއްލަ ކަންތަކަށްވުރެ ބޮޑަށް އެހެން މީހުންގެ ކަންތަކަށް އިސްކަންދޭއްވާ ބޭފުޅެއް. މިހާރު ތިއްބެވި ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ކަމުދާ އެންމެ ރަނގަޅު ބޭފުޅަކީ ގާސިމު” އައްބާސް ވިދާޅުވި އެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި އަބްދުﷲ ކަމާލުއްދީންވެސް ވިދާޅުވީ ރައީސް ކަމަށް އެންމެ ރަނގަޅު ބޭފުޅަކީ ގާސިމުކަމަށާއި، ގާސިމުއަށް ތާއީދުކޮށް ގާސިމަށް ވޯޓްދެއްވުމަށް ވަނީ އެދި ވަޑައިގެންފަ އެވެ.

ގާސިމުގެ ޓީމުވަނީ ރޭ ބ. ދޮންފަނަށް ވަޑައިގެން އެރަށުގައިވެސް ޖުމްހޫރި ގުޅުމުގެ މާލަމެއް ހުޅުވައިދެއްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.