ކެމްޕޭނުގެ ފަހު ހަރަކާތްތައް ފޯރިއާއެކު ނިންމާލައިފި

ޖުމްހޫރީ ގުޅުމުން އޭދަފުށީގައި ބޭއްވި ހިންގާލުމުގެ ތެރެއިން
ޖުމްހޫރީ ގުޅުމުން އޭދަފުށީގައި ބޭއްވި ހިންގާލުމުގެ ތެރެއިން

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރުމަށް ދީފައިވާ މުއްދަތު މިއަދުގެ އިރުއޮއްސި 6 ޖެހިއިރު ހަމަވިއިރު، ކެމްޕޭނުގެ ފަހު ހަރަކާތްތައް ފޯރިއާއެކު އޭދަފުށީގައިވެސް ނިންމާލައިފި އެވެ.

 ކެމްޕެއިން ހަރަކާތްތައް ނިންމާލުމުގެ ގޮތުން މި ރަށުގައި ޖުމްހޫރީ ޕާޓީން އިންތިޒާމުކޮށްގެން ވަނީ ބޮޑުބެރާއެކު ހިނގާލުމެއް ބާއްވާފަ އެވެ. އަދި ޕީޕީއެމްއިންވެސް ވަނީ ޕިކަޕް ބުރަކާއެކު ހާއްސަ ހިނގާލުމެއް ބާއްވައިފ އެވެ. ޕީޕީއެމުން ރޭ ވަނީ ހާއްސަ ކަންމަތީ ބައްދަލވުމުެއްވެސް ބާއްވައިފައެވެ. އެޕާޓީން ބުނީ ރޭ 100 އަށްވުރެ ގިނަ ޒުވާނުން އެ ޕާޓީއަށް ސޮއިކޮށް ފޯމްތައް ހަވާލުކޮށްފައިވާ ކަމަށެވެ.

 ކެމްޕޭންގެ ފަހު ހަރަކާތްތައް ނިންމާލުމުގެ ގޮތުން އެމްޑީޕީންނާއި ގައުމީ ކޯލިޝަންގެ އެއްވެސް ހަރަކާތެއް މިރަށަކު ނެތެވެ.

 ރިޔާސީ އިންތިހާބުގެ ވޯޓުލުން މާދަމާ ހެނދުނު 7:30 ގައި ފެށޭއިރު، މި ރަށުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ  1687 މީހުން އެބަ ތިއްބެވެ. މި އިންތިހާބުގައި މިރަށުގައި 3 ވޯޓްފޮށި ބަހައްޓާނެ އެވެ. އެއް ނަންބަރު ވޯޓްފޮށި ބަހައްޓާނީ މިރަށު ބަހިއްޔާ ޕްރީ ސްކޫލުގަ އެވެ.  އަދި ދެ ނަންބަރު ވޯޓްފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައި ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. ތިން ނަނަބްރު ވޯޓްފޮށީ ބަހައްޓާނީ ބ. އަތޮޅުހޮސްޕިޓަލުގަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.