އޭދަފުށީގައި ބެހެއްޓި ވޯޓްފޮށިތަކުން ނަޝީދު ކުރި ހޯއްދަވައިފި

އޭދަފުށީގެ ވަގުތީ ނަތީޖާ
އޭދަފުށީގެ ވަގުތީ ނަތީޖާ

 

މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި އޭދަފުށިގައި ބެހެއްޓި 3 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އިއުލާނު ކުރިއިރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ކުރި ހޯދައިފި އެވެ.

މިރަށުގަ ބެހެއްޓި ހުރިހާ ވޯޓު ފޮށިތަކެއްގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިފައިވަނީ 402 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 27 އިންސައްތައެވެ.

ގައުމައިގެން ކުރިއަށް ކޯލީޝަނުގެ ކެނޑިޑޭޓް ޑރ. މުހައްމަދު ވަހީދަށް ލިބިފައިވަނީ 115 ވޯޓެވެ. އެއީ 8 އިންސައްތަ ވޯޓެވެ.

އޭދަފުށީގެ ހުރިހާ ވޯޓު ފޮށިތަކެއްގެ ޖުމްލަ ނަތީޖާއިން ދައްކާގޮތުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީނަށް ލިބިފައިވަނީ 463 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 31 އިންސައްތަ އެވެ.

އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ނަޝީދަށް އޭދަފުށިން ލިބިފައިވަނީ 491 ވޯޓެވެ. އެއީ ޖުމްލަ ވޯޓު ދިން މީހުންގެ 33 އިންސައްތަ އެވެ.

އޭދަފުށީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 1687 މީހުންގެ ތެރެއިން މިއަދުގެ ވޯޓުގައި ބައިވެރިވެފައިވަނީ 1500 މީހުންނެވެ. ބާތިލު ވޯޓުގެ ގޮތުގައި 29 ވޯޓު ހިމެނެއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅަކު މިއަދުގެ ވޯޓުގެ 50 ޕަސެންޓަށް ވުރެ މަތިން ހޯއްދަވަން ޖެހިވަޑައިގަންނަވަ އެވެ. އެހެން ނޫނީ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ބޭފުޅުން ދެވަނަ ބުރެއްގައި ވާދަކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.

ދެވަނަ ބުރުގެ ވޯޓު ލުން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ.

_________________________________________________________

އޭދަފުށީގައި ބެހެއްޓި ވޯޓީފޮށިތަކުގެ ޖުމްލަ ނަތީޖާ (ވަގުތީ)
ގާސިމް: 402
ވަހީދު: 115
ޔާމީން: 463
ނަޝީދު: 491
ބާތިލް: 29
ޖުމްލަ ވޯޓް: 1500

2

އޭދަފުށީ (ހޮސްޕިޓަލް ވޯޓްފޮށީގެ ވޯޓްފޮށީގެ ނަތީޖާ)
ގާސިމް: 199
ވަހީދު: 33
ޔާމީން: 196
ނަޝީދު: 233
ބާތިލް: 15
ޖުމްލަ ވޯޓް: 676

އޭދަފުށީ (ބަހިއްޔާ ޕްރީސްކޫލް ވޯޓްފޮށީގެ ނަތީޖާ)
ގާސިމް: 118
ވަހީދު: 46
ޔާމީން: 108
ނަޝީދު: 108
ބާތިލް: 10
ޖުމްލަ ވޯޓް: 390

އޭދަފުށީ (ބ. އަތޮޅު ތައުލީމީ މަރުކަޒު ވޯޓްފޮށީގެ ނަތީޖާ)
ގާސިމް: 85
ވަހީދު: 36
ޔާމީން: 159
ނަޝީދު: 150
ބާތިލް: 4
ޖުމްލަ ވޯޓް: 434

ރޯޔަލް އައިލެންޑް ރިސޯޓް
ގާސިމް: 116
ވަހީދު: 2
ޔާމީން: 8
ނަޝީދު: 46
ބާތިލް: 1
ޖުމްލަ ވޯޓް: 173

ފެހެންދޫ ވޯޓްފޮށީގެ ވަގުތީ ނަތީޖާ:
ގާސިމް: 53
ވަހީދު: 1
ޔާމީން: 1
ނަޝީދު: 49
ބާތިލް: 7
ޖުމްލަ ވޯޓް: 111

ކިހާދުއްފަރު ރިސޯޓްގެ ވަގުތީ ނަތީޖާ:
ގާސިމް: 13
ވަހީދު: 0
ޔާމީން: 12
ނަޝީދު: 31
ބާތިލް: 0
ޖުމްލަ ވޯޓް: 56

17:00 ބައެއް ވޯޓްފޮށީ ތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށައިފި

އަނަންތަރާ ކިހަވައް ވިލާސްގެ ނަތީޖާ:
ގާސިމް: 5
ވަހީދު: 2
ޔާމީން: 14
ނަޝީދު: 69
ބާތިލް: 0

_____________________________

16:30  ސްކޫލް ވޯޓްފޮއްޓާއި ބަހިއްޔާ ޕްރީ ސްކޫލުގެ ވޯޓްފޮށި ގުނަން ފަށައިފި

16:28 ހޮސްޕިޓަލް ވޯޓް ފޮށްޓަށް ވޯޓްލުމަށް ރަޖިސްޓްރީކުރި 743 މީހުންގެ ތެރެއިން ވޯޓްލީ 676 މީހުން. އެ ފޮށި ދެންމެ ބަންދުކޮށްފި. ވޯޓުލުން ދިޔައީ އޮމާންކޮށް. ވޯޓުފޮށި ގުނުން ވަރަށް އަވަހަށް ފަށާނެ

16:26 ހޮސްޕިޓަލުގައި އައިޑީކާޑުގެ މައްސަލަޖެހުނު މީހާއަށް ވޯޓް ނުލެވޭގޮތަށް ނިންމައި ވޯޓް ފޮށީ ބަންދު ކޮށްފި. އެމީހާއަށް ވޯޓް ނުލެވޭ ގޮތްވީ ސިސްޓަމުގައި އައިޑީކާޑް ނަންބަރު ޖެހުމުން ނަންބަރާއި ނަމާ ދިމާނުވުން

16:20 ތައުލީމީ މަރުކަޒު ފޮއްޓަށް ވޯޓްލުމަށް ރަޖިސްޓްރީކުރި 480 މީހުންގެ ތެރެއިން 434 މީހުންވަނީ ވޯޓުލައިފައި. ބަހިއްޔާ ފޮއްޓަށް 464 މީހުން ރަޖިސްޓްރީ ކުރިއިރު 390 މީހުން ވޯޓްލި. ހޮސްޕިޓަލު އަދިވެސް ބަންދު ނުކުރޭ.  ފޮށިތައް ހުރީ ހަމަ އެތާނގައި. 4:30 ގައި ގުނަން ފަށާނެ. ޕާޓީތަކުގެ އޮފިޝަލުން ފޮށިތައް ކައިރީގައި އެބަތިބި.

16:00 އޭދަފުށީ ބަހިއްޔާ ސްކޫލުގައާއި ތައުލީމީ މަރުކަޒުގައި ބެހެއްޓި ވޯޓުފޮށބަންދުކޮށްފި. އައިޑީކާޑް މައްސަލައެއް ދިމާވެގެން ހޮސްޕޓަލު ވޯޓް ފޮށީ އަދި ބަންދު ނުކުރޭ. ނަމަވެސް ކިޔޫ އޮތީ ބަންދުވެފައި

15:30  މިހާތަނަށް 1480 ވަރަކަށް މީހުން މިރަށުން  ވޯޓުލައިފި

15:00  އޭދަފުށީގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިތިބި 1687 މީހުންގެ ތެރެއިން މިހާތަނަށް 85 ޕަސެންޓު މީހުން ވޯޓުލާ ނިމިއްޖެ. މިރަށުގައި ވޯޓުލުމުގެ ކަންތައް ކުރިއަށްދިޔައިރު އެއްވެސް މައްސަލަތަކެއް ކުރިމަތިވެފައެއް ނުވޭ.

14:00 އޭދަފުށިން ވޯޓް ލުމުގެ ހައްގު ލިބިފައިވާ 1687 މީހުންގެ ތެރެއިން 1422 މީހުން ވޯޓު ލައިފި.

އޭދަފުށީގައި ވޯޓްލުން ކުރިއަށްދަނީ
އޭދަފުށީގައި ވޯޓްލުން ކުރިއަށްދަނީ

 

12:00 އާއި ހަމައަށް އޭދަފުށީގައި ބަހައްޓާފައިވާ 3 ވޯޓް ފޮއްޓަށް 900 އަށް ވުރެ ގިނަ މީހުން ވޯޓްލައިފި. މިރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 1687 މީހުން. މިއަތޮޅުގެ ހުރިހާ ހިސާބެއްގައި ވެސް ވޯޓް ލުން ކުރިއަށް ދަނީ މާ ބޮޑު މައްސަލަތަކެއް ދިމާ ނުވެ.

10:17 އަނަންތަރާ ރިސޯޓުގައި ވޯޓުލާންޖެހޭ 91 މީހުންގެ ތެރެއިން މިހާތަނަށް 55 މީހުން ވޯޓްލައިފި

10:00 އޭދަފުށީގައި ބަހައްޓާފައި ހުރި ތިން ވޯޓް ފޮއްޓަށް 400 އަށްވުރެ ގިނަ މީހުން މިހާރު ވޯޓްލައިފި.

9:15 ހޮސްޕިޓަލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް 132 މީހުން ވޯޓުލައިފި، މި ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބިގެންވަނީ 743 މީހުންނަށް. އެހެން ރަށްރަށުގެ ރަޖިސްޓްރީގައި ތިބި މީހުންވެސް ވޯޓްލާނީ މި ފޮއްޓަށް.

އޭދަފުށީގައި ވޯޓްލުން ކުރިއަށްދަނީ

އޭދަފުށީގައި ވޯޓްލުން ކުރިއަށްދަނީ

 

9:00 ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް 100 މީހުން ވޯޓުލައިފި، ބަހިއްޔާ ޕްރީ ސްކޫލުގައި ހުރި ފޮއްޓަށް 59 މީހުން ވޯޓުލައިފި.

އޭދަފުށީގައި ވޯޓު ލާން މީހުން ކިޔު ހަދައިގެން
އޭދަފުށީގައި ވޯޓު ލާން މީހުން ކިޔު ހަދައިގެން

8:00 އޭދަފުށީގައި ބަހައްޓާފައިވާ ތިން ފޮއްޓަށް ވޯޓު ލުމަށް ގިނަ އިން ގޮސް ތިބީ އުމުރުން ދުވަސްވީ މީހުންނާއި ދެބައި އުމުރުގެ މީހުން. ޒުވާނުންނާއި އަންހެނުން ވަރަށް މަދު

7:40 އޭދަފުށީގައި ބަހައްޓާފައިހުރި ތިން ފޮއްޓަށްވެސް ވޯޓްލާން ފަށައިފި

ތައުލީމީ މަރުކަޒގައި ބަހައްޓާ ވޯޓްފޮއްޓަށް ވޯޓުލުމަށް ފަތުހު 5:30 ނަ ފެށީގެން މީހުން ކިޔޫޖެހެން ފެށިފައި
ތައުލީމީ މަރުކަޒގައި ބަހައްޓާ ވޯޓްފޮއްޓަށް ވޯޓުލުމަށް ފަތުހު 5:30 ނަ ފެށީގެން މީހުން ކިޔޫޖެހެން ފެށިފައި

6:15: އެތައް ދުވަހުގެ އުންމީދަށް ފަހު ރިޔާސީ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި މިއަދު ހެނދުނު 7:30 ގައި ފަށާނެ އެވެ. މިރަށުގައި ބަހައްޓަފައިހުރި ވޯޓު ފޮށިތައް ބަހައްޓާފައިހުރި ސަރަހައްދުތަކުގައި މިހާރު ވެސް ވޯޓުލާން މީހުން ގޮސް އެބަތިއްބެވެ. އަޅުގަނޑުމެންގެ މި ނޫހަކީ ހަމައެކަނި ބ. އަތޮޅަށް އަމާޒުކޮށް ނެރޭ ނޫހަކަށްވާތީ. އަޅުގަނޑުމެންގެ ނޫސްވެރިން ބ. އަތޮޅުގައި މި އިންތިހާބު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދާނެ އެވެ. އެގޮތުން އީޓީގެ ނިއުސް ޓީމު ހަރަކާތްތެރިވަމުންދާނީ ބ. އަތޮޅުގައި ވޯޓު ލުމުގެ ހަރަކާތްތަކާއި ރަށުތެރޭގެ ހާލަތާއި ވޯޓުގެ ނަތީޖާ ވަގުތުން ވަގުތުން ތިޔަ ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.

 

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Avatar
    ތުނޑިއަލިބެ

    އޭދަފުށީގެ ގައި ބެހެއްޓި ފޮށިތަކަށް އޭދަފުށީ ރައްޔިތުން ނޫން އެތައް ބަޔަކު ވޯޓްލި އެހެންވީމާ ، އަންނި ވޯޓް ގިނަވެގެން ތިއުޅެނީ…..ދާއިރާތައް ވަކިރަށްތައް އެނގޭކަށް ނުހުރޭ އެހެންވީމާ އެކަން އެގޮތަށް އެދިމާވީ ، ފެހެންދޫ 18 މީހުން ، ތުޅާދޫ 14 މީހުން ސޮނެވާފުށި 49 މީހުން ދުވާފަރު 8 މީހުން އަދި އެހެންހެން ރަށްރަށުގެ މީހުން ގޮތުގައި 24 މީހުން އޭދަފުށީ ގައި ބެހެއްޓި ފޮށިތަކަށް ވޯޓް ލާފައިވޭ 2 ވަނަ ބުރުގައި އަންނި ލިބޭ ނަތީޖާ ވަރަށް ބޮޑު ތަފާތަކުން އޭދަފުށިން ޕީ.ޕީ.އެމް ކުރި ހޯދާނެކަން ކަށަވަރު ، އެއްބުރުން ނިންމާނަމޭ ކިޔާފަ މިހާރު އެކިޔަނީ ބާރަށް ކުރިއަށް 28 ވަނަ ދުވަހު ނަގާ ވޯޓުގައި ވަރަށް ބޮޑު ތަފާތަކުން ރާކާޅު ބަލިވާތަން އޭދަފުށީ ރައްޔިތުން އަށީބެމެން ތިބޭތި

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.