އޭދަފުށީ ބިން ހިއްކާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

  ބ. އޭދަފުށީ ދެކުނުފަރާތު އަތިރިމަތި:
ބ. އޭދަފުށީ ދެކުނުފަރާތު އަތިރިމަތި:

 

ބ. އޭދަފުއްޓާއި ދ. މީދު އާއި ކުޑަހުވަދު އާއި ކ. ތުލުސްދޫ އަދި ތ. ގުރައިދޫގެ ބިން ހިއްކައިދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މި ފަސް ރަށުގެ ބިން ހިއްކާނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާންކޮށްފައި ވަނީ ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ 23 ޑިސެމްބަރުގެ ނިޔަލަށެވެ.

މި ރަށްރަށުގެ ތެރެއިން އޭދަފުށިން 25.79 ހެކްޓަރު ހިއްކަން ހަމަޖައްސާފައިވާ އިރު މީދޫން 15 ހެކްޓަރުގެ ބިން، ކުޑަހުވަދޫން 65 ހެކްޓަރު، ތުލުސްދޫން 33 ހެކްޓަރު އަދި ގުރައިދޫން 25 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފަ އެވެ.

ދައުލަތުގެ ހަރަދުގައި ހިންގާ މި މަޝްރޫއު ޑިޒައިންކޮށްފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާތާ 45 ދުވަހުގެ ތެރޭގައި އަގުގެ 15 ޕަސެންޓް އެޑްވާންސްގެ ގޮތުގައި ދިނުމަށާއި މަސައްކަތް ފެށުމުން 10 ޕަސެންޓް އަދި ބިން ހިއްކައި ނިމުމުން 40 ޕަސެންޓް އަދި ރިވެޓްމަންޓް ޖަހައި މަޝްރޫއު މުޅިން ނިންމުމުން ބާކީ 35 ޕަސެންޓް ދައްކާ ގޮތަށެވެ.

އޭދަފުއްޓަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ވަރަށް ފަހުން ސަރުކާރުން ވަނީ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ މާއްޑޫ އެރަށުގެ ބައެއްގެ ގޮތުގައި ވެސް ހަމަޖައްސައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

 1. Avatar
  Shahid

  ފާތުން އެމް.ޑީ.ޕީ ވެރިކަމެއް ގަ އޭދަފުށީގައި ސްޓޭޑިއަމް އަޅާތަން ބަލަން މިހުންނަނީ ކެއް މަދުވެފަ.. އެދުވަހަކުން ފާތުން އުރާލި ފަދަ.. މަވެސް އޭރިން ކުރިއަށް ކުރިއަށް އެމް.ޑީ.ޕީ

  ރައްދު
 2. Avatar
  haqeeqaiy

  ވަރަށް ރަގަޅު ކަމެއް،،، އެކަމަކު މައްސަލަޔަކީ މިކަންވެސް ސިޔާސީ ކަމަކަށް ހަދާތީ… އެޕްޑީޕީ އަށް މެޖޯރިޓީ ލިބުނީމަ އަވަހެއްނު އިއުލާން ކޮށްލިލެއް. ގައިމު ދިގު ތިރީސް އަހަރުވެސް ދިޔަ އަދި ތިބުނާ ބާގީ ވަހީދުގެ ދޮޅު އަހަރުވެސް ދިޔައީ އެކަމު އިންތިހާބު ފުރަތަމަ ބުރު ނަތީޖާ އެގުނީމަ ތޯ އެކަން ކުރަން އެގުނީ. ހީހީހީހީހީހީ.. ދެންވެސް މެޖޯރިޓީ އޮތީ ހަމަ ރައީސް ނަޝީދަށް.. އެވެރިކަމުގައި ނޫނީ ތިކަންވެސް އިންސާފު ވެރިގޮތެއްގަ ނުދާނެ. ވަރަށް ސަލާން

  ރައްދު
 3. Avatar
  fathimath rasheedha

  ބަލަ ސާހިދު މޮޔަފުޅުވީތޯ ؟ ކޮމެންޓް ކުރާއިރު ހަމަހޭގައި ތިބެގެން ކޮމެންޓްކޮށްބަލަ . ބަލަ މީގެކުރިންވެސް އޭދަފުށި ފަޅުހިއްކަން ވަހީދުގެ ސަރުކާރުން އިއުލާނުކުރިޔޭ ؟ މިފަހަރުވެސް ދާނީ ހަމަޗޮކުން . އެކަމަކު ބުނަންތަ އަންނިއަށް އޭދަފުށިން މެޖޯރިޓީ ނުލިބުނަސް އަންނި ވެރިކަމަށް އައިސްގެން ނޫނީ އޭދަފުށި ފަޅު ނުހިއްކޭނެ ! ހަޖަމް ނުކުރެވުނަސް ހަމަޖެހޭނީ ހަޖަމް ކޮށްލަން . ބާރަށް ކުރިއަށް ބާރަށް ………. ރައީސް ނަޝީދު ޒިންދާ ބާދު

  ރައްދު
 4. Avatar
  Shahid

  ހާދަ ކަޑަވާނެއޭ ދޯ އެމް.ޑީ.ޕީ މީހުން. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް. ޑރ.ވަހީދު، މައުމޫން، ޖަމީލް، ޔާމީން. ތިމީހުންނަށް ދެންވެސް އޭދަފުއްޓަށް ކަމެއްކޮށްދެވޭނީ. އަންނިގެ ވެރިކަމުގަ ނުކޮށްދޭ އެއްވެސް ކަމެއް. އެކަމް ކޮންމެ ޒަލްސާއެއްގަ އެމް.ޑީ.ޕީ މީހުން ކިޔާނެ، ތިމަންނަމެންގެ ވެރިކަމެއްގައޭ އޭދަފުށި ފަޅުހިއްކަނީ، ތިމަންނަމެންނޭ އެއަށް ބަޖެޓްކުރަނީވެސް. އެއީ އެކަމް 12.5 ހެކްޓަރޭ. ބަލާބަ ވަހީދު ރަނގަޅުކަން. 25.79 ހެކްޓަރު އެހިއްކާލަނީ. ދެގުނަ…. ހީހީ.. ކަޑަނުވައްޗޭ އެމް.ޑީ.ޕީ މީހުން. ކަނިދުމަށް އޭދަފުށި މިފަހަރު ޕީޕީއެއް.

  ރައްދު
 5. Avatar
  Ahmed Rasheed/ Seetmaage - Baa. Eydhafushi

  ރައްޔިތުންނަށް ބޯހިޔަވަހިކަން ހޯދައިދިނުމަށް ކުރަމުން ގެންދާ އެންމެހާ މަސައްކަތަށް މަރްޙަބާ ކިޔަން. ޙަސަދަޔާ، ފިތުނަޔާ، މަކަރާ ހީލަތާ ކަރަޕްޝަން ހިމެނިގެން ނުދާނެ މޭރުމަކުން، މިފަދަ ޤައުމީ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމަށް ފުރުޞަތު ހޯދައި ދިނުމަކީ، ކޮންމެ ސަރުކާރަކަށްވެސް އަޅުގަނޑު މަރްޙަބާކިޔަން.

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.