އޭދަފުއްޓަށް ކުރިއެރުން ލިބުމުގައި މައުމޫންގެ ހިއްސާ ބޮޑު

.
.

 

 އޭދަފުއްޓަކީ މުޅި ރާއްޖެ އަށް ވެސް މުހިންމު ރަށެކެވެ. މިއީ ހަގީގަތެކެވެ. އެކަމާ އަހަރެމެން ރަށު މީހުން (އޭދަފުށީ މީހުން) ފަހަރުވެރިވަމެވެ. އަހަރެމެންގެ ރަށަށް ލިބިފައިވާ ބޮޑެތި ކުރިއެރުމަކީ އެހެން ރަށްރަށަށް ލިބިފައި ނުވާ ފަދަ ކުރިއެރުމެކެވެ.

މި ރަށަކީ އަހަރެމެން އެންމެން ވެސް ބުނާ ފަދައިން “ކުޑަ މާލެ” އެވެ. މާނައަކީ ރަށެއްގެ ނިސްބަތުން ބޮޑެތި ތަރައްގީތަކެއް ހާސިލްކޮށްފައިވާ ރަށެކެވެ. މި ސަބަބަށް ޓަކައި، މިއީ، ކިހިނެއް ކޮން ގޮތަކަށް އައި ކުރިއެރުމެއްކަން ކޮންމެ މީހަކު ވެސް ވިސްނާލަން އެބަޖެހެ އެވެ. އެންމެ ފުރަތަމަ ރަށް އޮތް ހާލަތެވެ. އެއަށް ފަހު ރަށް، ރަށެއްގެ ގޮތުގައި ތަރައްގީވި ގޮތެވެ.

އަހަރެންގެ އުމުރުން މިހާރު 55 އަހަރަށް އަރާފައިވާއިރު ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރީ ރަށުގަ އެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް މި ރަށަށް އައި ކުރިއެރުން ލޮލުން ދެކެ އަތުން ހިފީމެވެ. އެންމެ ފުރަތަމަ މި ރަށުގައި ދިރިއުޅެމުން އައި އުނދަގޫތައް އަޅުގަނޑު ތަހަންމަލު ކުރަމުން ދިޔައީމެވެ. ކާނެ ބޯނެ ގޮތެއްނެތިގެން އުޅުނު ހަނދާން އެބަހުއްޓެވެ. މާލޭގައި ދަރިން ތިބި އިރު ވާހަކައެއް ބުނެލާނެ ގޮތެއް ނެތިގެން އުޅުނު ހަނދާން އެބަހުއްޓެވެ. ހަމައެއާ އެކު، ރަށަށް އެންމެ ފުރަތަމަ ފޯނު ލައިގެން އަތޮޅު އޮފީހުގައި އެތައް ގަޑިއިރަކު ވެއިޓިންގައި އިން ހަނދާން ވެސް އެބަހުއްޓެވެ. އަހަރެމެންގެ ދަރިން ލާރިއެއް ނެތިގެން ހަކުރުމެޓާ ވިއްކައިގެން، ނާށި ގޯނި އެއްކޮށްގެން، މުށިމަހުގައި ލޮނު އަޅައިގެން ބަސްތާ ހަދައިގެން މާލެ ފޮނުވައިގެން ފައިސާ ހޯދި ހަނދާން އެބަހުއްޓެވެ. މާލެ އަންނަ ދޯނިފަހަރަށް ވާނުވާ ނޭނގިގެން ގޮތް ހުސްވެ، ހިތް އަތަށް ލައިގެން ތިބި ހަނދާން އެބަހުއްޓެވެ. މިއީ، ހަމަގައިމު ވެސް އޭދަފުށީގެ، ފަހަރެއްގައި އެހެން ވެސް ބައެއް ރަށްރަށުގެ ހާލަތެވެ. މި ވާހަކަތައް ވަރަށް ދިގުކޮށް ލިޔެވިދާނެ އެވެ. ކައިގެން ބޯނެ އެއްޗެއް ނެތިގެން ކަޅު ސައި ތައްޓެއްބޮއިގެން، އަދި އެވަރު ވެސް ނުވެގެން ތިބި އާއިލާތައް ދުށީމެވެ. މި ވާހަކަތައް ދެން އިތުރަށް ދެއްކުމުގެ ބޭނުމެއް ނެތެވެ. މިހާރުގެ ޒުވާނުންނަށް ފަހަރެއްގައި މިކަން ނޭނގި ހިނގައިދާނެ އެވެ.

އޭދަފުއްޓަށް ކުރިއެރުން އައުމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ހިއްސާ ވަރަށް ބޮޑެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ރަން ތިރީސް އަހަރުގައި ވަނީ މި އަތޮޅަށް، ހާއްސަކޮށް އޭދަފުއްޓަށް ވަރަށް ބޮޑު އަޅާލުމެއް އަޅާލައްވައިފަ އެވެ. ރާއްޖޭގެ ތަރައްގީގެ އެއްވެސް މަޝްރޫއެއް މައުމޫނަށް އެނގިވަޑައިނުގެން ނުހިނގާނޭ ބުނާތީ އަހަމެވެ. އެހެން ކަމަށް ވަންޏާ އޭދަފުއްޓަށް ލިބިފައިވާތަރައްގީ އަކީ މައުމޫނަށް އެނގިވަޑައިގަންނަވާނެ ކަންތައްތަކެވެ. މި ރަށަށް ހާއްސަ ސަމާލުކަމެއް އެމަނިކުފާނު ދެއްވާފައިވެއޭ އަޅުގަނޑު މި ދަންނަވަނީ މި ރަށުގައި ހާއްސަ ކަންތައްތަކެއް ހުރީމަ އެވެ.

މި ރަށަށް އައި އެންމެ ބޮޑު ތަރައްގީ އަކީ މި ރަށުގައި ނެތް އެއްވެސް ވަސީލަތެއް ނެތުމެވެ. ތެދެކެވެ. އެއްވެސް ރަށަކީ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވާނެ ރަށެއް ނޫނެވެ. އެއީ ރާއްޖެ ކަހަލަ ގައުމެއްގައި ކިތަންމެ ފުރިހަމަ ސަރުކާރެއް އޮތަސް ނުވާނެ ކަމެކެވެ. އަހަރެމެން ރަށުގައިނެތީ ކޮން އެއްޗެއްތޯ އެވެ؟ ހޮސްޕިޓަލް، ސްކޫލު، ބެންކު، ޓެލެފޯނު މިހެން ގޮސް އަސާސީ ހުރިހާ ވަސީލަތެއް އެބަހުއްޓެވެ. ބޭނުންއިރަކު ރަށަށް ދެވެން އެބައޮތެވެ. މިކަހަލަ އެހެން ރަށެއް ރާއްޖޭގައި މަދުވާނެ އެވެ. މިއީ، ދެން ވޯޓު ދޭއިރު އަޅުގަނޑުމެން ވިސްނާލަން ޖެހޭނެ ކަމެކެވެ. ގޭގެއަށް ފޯނު ލައިފައި ހުރީ ރާއްޖޭގެ މަދު ރަށެއްގަ އެވެ. އޭދަފުއްޓަކީ އާބާދީ ގޮތުން ބަލާއިރު ގޭގެއަށް ފޯނު ލާން ޖޭހެ ވެސް ރަށެއް ނޫނެވެ. ހަމައެއާ އެކު ސަރުކާރުގެ ވަރަށް ގިނަ ބޮޑެތި ބައްދަލުވުންތައް ސީދާ އޭދަފުށީގައި ބޭއްވުމުގެ ސަބަބުން މި ރަށަށް އައި ކުރިއެރުމަކީ ވެސް ހެއްކެކެވެ.

މައުމޫނުގެ ސަރުކާރު އަޅުގަނޑަށް ފެނުނީ ބ. އަތޮޅަށް، ހާއްސަކޮށް އޭދަފުއްޓަށް ގާތްގުޅުމެއް ބޭއްވެވި ސަރުކާރެއްގެ ގޮތުގަ އެވެ. އެ ސަރުކާރުގެ ވަޒީރުންނަކީ ބ. އަތޮޅު ދެކެ ލޯބިވާ ވަޒީރުންނެވެ. މިއީ ހަގީގަތެވެ. ހަގީގަތް ބަދަލެއް ނުކުރެވޭނެ އެވެ.

(ނޯޓް: މިއީ ކިޔުންތެރިއަކު އީޓީ އަށް ފޮނުވާފައިވާ ލިޔުމެކެވެ. ލިޔުން އީމެއިލު ކުރެއްވި ފަރާތުން އެދެނީ ނަން ނުޖެހުމަށެވެ. އީޓީ އަށް ތިޔަ ބޭފުޅުންގެ ލިޔުންތައް މެއިލުކުރައްވާނީ [email protected]  އަށެވެ)

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. Avatar
    Rashyd Seet

    އޭދަފުށްޓަށް މައުމޫނު ކޮށްދެއްވީ، ކޮން ކަމެއް، ކިހިނެއް ވެގެން، ކޮން ސަބަބަކާހުރެ؟
    ތަފްސީލް ކޮށްދެއްވުން އެދެން.

    ރައްދު
  2. Avatar
    kudabe

    ކުރިޔަށް ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށް… ކުރިޔަށް ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށް… ކެތި ދިމާވީ ދުވަހަކުން މަޢުމޫނު އޭދަފުށްޓައް އަރާނީ…. ކުރިޔަށް ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށް…

    ރައްދު
  3. Avatar
    tashleem

    އޭދަފުށީ ރައްޔިތުން އަބަދުވެސް މައުމޫން ޢަބްދުލް ޤައްޔޫމް ގެ ޚިދުމަތް ސުކުރުވެރިކަމާއިއެކު ބަލައިގަންނާނެ. އޭދަފުށީގައި އެކަން ބަލައިނުގަންނާނީ ވަޒީފާއެއް އަދާނުކޮށް ރަށް ފަސާދަ ކުރަން އުޅޭ މީހުން. އޭދަފުށީގައި ގިނައީ ތައުލީމީ މީހުން. އިރާދަކުރެއްވިއްޔާ އޭދަފުށީގައި ވަޒީފާ އަދާނުކޮށް އާއިލާއިން ދިނީ ކާލައިގެން ތިބޭ މީހުން ޒުވާނުން ހަލާކުގެ ތެރެއަށް ވެއްދުމާއި ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ޖައްސާނަށް.

    ރައްދު
  4. Avatar
    ސަލީމް (ވައިޓް)

    ރައް ތަރައްގީ ކުރުމުގައި މައުމޫނު ވެރިކަމުގައި ކުރައްވާފައިވާ ކަންކަމަށް ޝުކުރުވެރިވަން، އެކަމަކު ރައްޔިތު މީހާ ތަރައްގީ ނުވަނީސް ރަށުގެ ތަރައްގީއަކީ ފެންނާނެއެއްޗެއްނޫން
    ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ރަށުގެ ތަރައްޣީއާއި އެއްވަރަށް މީހާ ތަރައްގީ ވާންޖެހޭ ވަކި މީހަކަށް ސަޕޯރޓްކޮއް ވަކިފިކުރެއް ހުރުމަކީ އަނެއް މީހާއާއި ބެހޭ ކަމެއްވެސް ނޫން ، އެކި މީހުންގެ ފިކުރު ތަފާތުވާނެ އަހަރެން ސަޕޯރޓް ކުރާނެ މީހެއް އިގޭނީ ހަމައަހަންނަށް އެކަމަކާ އެއްވެސް މީހަކައް ނުބެހެވޭނެ.
    އަހަރެއް ބޭނުންވަނީ އޭދަފުށްޓާއި އެއްވަރަށް އެހެން ހުރިހާ ރަށެއްވެސް ތަރައްގީވުން ވަކިނަމެއް ކިޔާތީ ވަކިބަޔަކު ބާރު އޮތީތީ ވަކިރަށެއްގެ ތަރައްގީ އެހެން ރައްރަށައްވުރެ ވަކި ބޮޑުވާކައްވެސް ނުޖެހޭ. ތީގެންވެސް ދައްކައިދެނީ މައުމޫނު ހުރިހާއެންމެންނާ އެއްވަރު ނުވާނެކަން ތަފާތު ކުރާނެކަން. މީއަހަރެންގެ ހިޔާލު

    ރައްދު
  5. Avatar
    raitheh

    ހަޖަމްވާނެބާ މިވާހަކަ!!!މިއަދު ރަށު މީހުން ބޭނުންވަނީ އެކުވެރި ރީތި އަޚްލާޤެއްގެ ސަގާފަތެއް ނޫން.ބޭނުންވަނީ އެކަކު އަނެކަކުގެ ކަރަށް އަތްލައި އެކަކަށްވުރެން އަނެކަކު މޮޅުކަމަށް ދެއްކެން..އެކަކު އަނެކަކަށް ޖެއްސުން ކުރަން..ދެން އޭދަފުށި ނުދާނެ ކުރިއަކަށް..އެކުވެރިކަމެއް އެއްބައިވަންތަކަމެއް ނެތް ތަނެއް ކިހިނެއް ކުރިއަރާނީ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.