ބޮޑު އީދު ފުޓްބޯޅަ މުބާރާތް ހޮނިހިރުދުވަހު ފަށަނީ

މިދިޔަ އަހަރުގެ ބޮޑު އީދު މުބާރާތުގެ ތެރެއިން. -- ފައިލް ފޮޓޯ
މިދިޔަ އަހަރުގެ ބޮޑު އީދު މުބާރާތުގެ ތެރެއިން. — ފައިލް ފޮޓޯ

 

ބޮޑު އީދު ބަންދާ ދިމާކޮށް އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ ބޮޑު އީދު ފުޓްބޯޅަ މުބާރާތް އޭދަފުށީ ނިއު ޖެނެރޭޝަން އާއި ސައިނޯސާ ބައްދަލުކުރާ މެޗުން އަންނަ ހޮނިހިރު ދުވަހު ހެނދުނު ފަށާނެ އެވެ.

އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މުބާރާތުގައި މިއަހަރު ވާދަކުރާ ހަތް ޓީމު ދެ ގުރޫޕަކަށް ބަހާލިއިރު ގްރޫޕް އެކެއްގައި ހިމެނެނީ ނިއު ޖެނެރޭޝަން އާއި ސައިނޯސާ އާއި ސަންސެޓް ބީޗް އަދި ރުވާ ސްޕޯޓްސް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ރިއަލް ސޫޕް އާއި އެންޖޯއީ ފްރެންޑްސް އަދި ޔުނައިޓެޑް ވީ އެވެ. އެންމެފަހުގެ ޗެމްޕިއަން ސީސީ ސްޕޯޓް މިއަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެ އެވެ.

މުބާރާތުގެ ސެމީ އަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް މިއަހަރުވެސް ވެސް ވަނީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ފަސް ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ދީފަ އެވެ. އަދި ފުރަތަމަ ޑިވިޝަން ކުޅުންތެރިންގެ އިތުރުން ރަށުން ބޭރު ތިން ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ވެސް ޓީމުތަކަށް ވަނީ ދީފަ އެވެ.

މި މުބާރާތް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އޭދަފުއްޓަށް އުފަން ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ.

އޭދަފުއްޓަކީ ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އުފައްދައިފައިވާ ރަށެކެވެ. މީގެ ތެރެއިން މިހާރު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަހުމަދު (ޝާފީ) އާއި އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Avatar
    abulhlho

    މިހާރުއެއީ އެކުދިންނަށް ހަމަ ވާވަރު. އަހަރެމެން ކުރިއިރު މިހުރިހާ ފަސޭހަތަކެއް ނެތްއިރުވެސް މާ ހަބޭސްވާނެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.