އީދު ބަންދަށްފަހު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށިގެންދާނެ: ވާހިދު

އަބްދުލްވާހިދު
އަބްދުލްވާހިދު

 

ބޮޑު އީދު ބަންދަށްފަހު ސަރުކާރުއޮފީސްތައް ހުޅުވުމާއެކު އޭދަފުށީގެ ތަރައްގީއަށް ރޭވިފައިހުރި ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް އޭދަފުށީ ކައުންސިލުގެ މެންބަރު އަބްދުލްވާހިދު ހުސައިން ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމް އޭދަފުށީ ކެމްޕޭން ޓީމުން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވާހިދު ވިދާޅުވީ، އޭދަފުށީގެ ތަރައްގީއަށް ރޭވިފައިހުރި ބައެއް މަޝްރޫއުތަކާބެހޭގޮތުން ކައުންސިލުން މިދިޔަ ހަފްތާތެރޭ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާ ބައްދަލުކޮށް ވާހަކަދައްކާފައިވާނެ ކަމަށެވެ.

ވާހިދު ވިދާޅުވީ މި ބައްދަލުވުމުގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނީ އޭދަފުށީ ބިންހިއްކުމުގެ މަޝްރޫއުއާބެހޭގޮތުން ކަމަށާއި ބޭރުގެ އަށްފަރާތަކާ ދިވެހި ތިން ކުންފުންޏަކުން މިރަށުގެ ބިންހިއްކުމަށް ބިޑްކޮށްފައިވާ ކަމަށެވެ.

“މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ރަސްމީ ބަންދުތައް ނިމި ސަރުކާރު އޮފީސްތައް ހުޅުވުމާއެކު ބިޑްތައް އިވެލުއޭޓު ކުރުމަށްފަހު ފިނޭންސް މިނިސްޓްރީގެ ޓެންޑާބޯޑަށް ފޮނުއްވާނަމޭ. އެހިސާބުން އުއްމީދު ކުރަމޭ ނޮވެމްބަރުމަހު މިރަށުގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް” ވާހިދު ވިދާޅުވީ އެވެ.

ދެން މަޝްވަރާ ކުރެވުނީ އޭދަފުށީ އިރުމަތީ ކޮޅު ހުރަސް ވާޓަރުގެ ޝީޓްޕައިލްތައް ހަލާކުވަމުންދާތީ އެކަމާގުޅޭގޮތުން ކަމަށާއި އީދު ބަންދަށްފަހު އޭގެ އަމަލީ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ވާހިދު ވިދާޅުވީ އޭދަފުށީ ބައެއްގެ ގޮތުގައި ކެބިނެޓުން ހަމަޖައްސާފައިވާ މާއްޑޫވެސް އީދު ބަންދަށްފަހު ރަސްމީކޮށް ރަށު ކައުންސިލާ ހަވާލުކުރާނެ ކަމަށެވެ.

“އީދު ބަންދަށްފަހު ހައުސިން މިނިސްޓްރީގެ ޓީމެއް މާއްޑުއަށްގޮސް އެރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ހުރިހާ މަސައްކަތެއް ނިންމައި ކައުންސިލާ ރަސްމީކޮށް އެރަށް ހަވާލުކުރާނެކަމަށް މިނިސްޓަރު ވިދާޅުވި” ވާހިދު ވިދާޅުވި އެވެ.

ހައުސިން މިމިސްޓަރާ ހަވާލާދެއްވާ ވާހިދު މިހެންވިދާޅުވެފައި މިވަނީ މާއްޑޫ ވަރުވާ އަށް ދޫކޮށްފައިވާ ގ. ސަމިއްޔާ، އާމިނަތު ހުސައިން (ކުޑަސިއްތި) ގެ އަތުން އެ ރަށް ނެގުމަށް އެގްރިކަލްޗަ މިނިސްޓްރީން އަންގާފައިވާ އެންގުން ބާތިލްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އޭނާ އަތުން އެރަށް ވަކިނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނިކޮށެވެ.

ވާހިދު އިތުރަށް ވިދާޅުވީ އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް އީދު ބަންދަށްފަހު ޔޫތު މިނިސްޓްރީން އަލުން އިއުލާން ކޮށްގެން ކުރިއަށްގެންދާނެ ކަމަށެވެ.

“އަޅުގަޑުމެން ކުރި އިއުލާނާ ގުޅިގެން މިރަށުން އެކަމަށް އެކަށީގެންވާ ގާބިލު ބަޔަކުނެތްކަމަށް ގަބޫލުކުރެވޭތީވެ، އަނބުރާ ފޮނުވާލީ މިނިސްޓްރީ އިއުލާންކޮށްގެން ކުރިއަށް ގެންދިއުމަށް. އީދު ބަންދަށްފަހު މިނިސްޓްރީ އެކަން އަލުން އިއުލާން ކޮށްގެން ކުރިއަށްގެންދާނެ”

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    މުމްތާޒު

    ދައުލަތުން މިއަހަރަށް ހިންގަން ހުރި ހުރިހާ ޕީ.އެސް.އައި.ޕީ ޕްރޮޖެކްތައް ހުއްޓާލުމަށާއި އަލަށް ޕްރޮޖެކްޓެއް ނުފެށުމަށް ފިނޭންސް މިނިސްޓަރ ވަނީ ނިންމާފައި. ވާހިދު އަހަރުމެން ނުހައްދާ. އެއަށްވުރެ ހޭލުންތެރި

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.