އޭދަފުށީގައި އަޟްހާ އީދު ނަމާދު ކުރާނީ މިސްކިތްތަކުގައި

mosq

އޭދަފުށީގައި އަޟްހާ އީދު ނަމާދުކުރުން އޮންނާނީ އޭދަފުށީގައި ހުރި މިސްކިތްތަކުގައި ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން މިގޮތަށް ނިންމާފައިމިވަނީ ކްލަބް ދަ ބިގިނާސް އިން މިއަހަރުގެ އަޟްހާ އީދު ނަމާދު އެއްޖަމާއަތެއްގައި އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރާގޮތަށް ހަމައްޖައްސާފައި ވަނިކޮށެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު މިއަދު ވިދާޅުވީ މިސްކިތްތައްކުގައި އީދު ނަމާދު ކުރާގޮތަށް ހަމަޖެއްސީ މޫސުމަށް ބަލާފައި އަދި ބައެއް ޝޭހުންނާވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެގޮތުން ކުރީ އަހަރުތަކެކޭ އެއްގޮތަށް މާދަމާ އޭދަފުށީގައި އީދު ނަމާދު ކުރާނީ މަސްޖިދުލް ޔޫސުފް (ކުޑަ މިސްކިތް) ގައާއި މަސްޖިދިލް މުއީނުއްދީން (ހުކުރު މިސްކިތް) ގައި ކަމަށް އަލީ ވަހީދު ވިދާލުވި އެވެ. އަދި ހުކުރު މިސްކިތުގައި ކުރީއަހަރުތަކެކޭ އެއްގޮތަށް އަންހެން ބޭފުޅުންނަށް ނާމާދުކުރެވޭ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ކްލަބް ދަ ބިގިނާސް އިން ބުނީ ކައުންސިލުން އެގޮތަށް ނިންމުމާ ގުޅިގެން އަޟްހާ އީދު ނަމާދު ފުޓްބޯޅަ ދަނޑުގައި ނުބާއްވާގޮތަށް އެކްލަބުން މިއަދު ނިންމާފައިވާ ކަމަށެވެ.

“މި ކްލަބުން އިންތިޒާމުކޮށްގެން މިއަހަރުގެ އަޟްހާ އީދު ނަމާދު އެއް ޖަމާއަތެއްގައި ކުރުމަށް ނިންމައި އެކަމަށް ތައްޔާރުވަމުންދަނިކޮށް، އޭދަފުށީ ކައުންސިލުން އޭދަފުށީގައި ހުރި ދެ މިސްކިތުގައި އީދު ނަމާދުކުރާގޮތަށް ނިންމުމާ ގުޅިގެން އީދު ނަމާދު ފުޓްބޯޅަ ދަނޑުގައި ނުބާއްވާގޮތަށް މި ކްލަބުން ނިންމައިފީމެވެ. މިފަދަ މާތް މަގުސަދުގައި ކުރާ ކަންކަމަށް އޭދަފުށީ ކައުންސިލުގެ އެންމެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ވާހަކަ ދަންނަވަމެވެ،” ދަ ބިގިނާސް އިން އީޓީ އަށް ފޮނުވާފައިވާ އެސްއެމްއެސް ގައި ވެ އެވެ.

ދަ ބިގިނާސް އިން ބުނީ އެއްޖަމާއަތެއްގައި އީދު ނަމާދުކުރުން މިއަހަރު ނުބާއްވާ ކަމަށްޓަކައި އޭދަފުށީ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އަދި އެކިގޮތްގޮޔުން މިކަމަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށްވެސް އެ ކްލަބުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    ބޮކުރީ

    ކައުންސިލުން އޭދަފުށީ ޖަމުއިއްޔާތަކާ ޒާތީ ގޮތުން ޖައްސާލައިފައިވާކަން މީގެންވެސް ވަރަށް ބޮޑަށް ފާހަނގަވެގެން ހިނގައްޖެ. އެކުދިން ވަރަށް މާތް މަޤްސަދެއްގައި މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވިކަން އަޅުގަނޑަށް އެނގޭ. އެކުދިން ތިބީ އެންމެ ފަހު ވަގުތާ ހަމައަށް ޖެހެންދެންވެސް މިކަން ކުރުމަށް ތައްޔާރަށް. އެންމެ ފަހުވަގުތު މޫސުން ޤޯސްވުން އެއީ އެމީހުން ކުރާނެ ކަމެއް ނޫން. މާ އަވަހަށް ދެން މި އުއްމީދު ކަނޑާލީ. މީ ދެން ވަރަށް ދެރަކަމެއް. އަޅުގަނޑު އީޓީ އަށް ދަންނަވާލާނީ ޖަމުއިއްޔާތަކުން މައުލޫމާތު ހޯއްދަވައިގެން ކައުންސިލުން ޖަމުއިއްޔާތަކަށް އެއްބާރުލުން ނުދޭ ވާހަކަ ރިޕޯޓެއްގެ ސިފައިގައި ގެނައުމަށް. އަޅުގަނޑަށް އެނގޭ މިކަހަލަ ބައިވަރު ކަންތައްތަކެއް ހުރިކަން. ޓީބީ ކުދިންކޮޅު މިދިޔަ އަހަރު ކުޑަ މިސްކިތުގަ އެއަރ ކޯން ހަރުކުރަން އުޅުމުންވެސް ރަށު ކައުންސިލުންގެ އެއްވެސް އެއްބާރުލުމެއް ނުލިބުނު. އެކަމަކު ދާދި އެހަކަށް ދުވަހު ރަށު ކައުންސިލްގައި ވަނީ އެއަރ ކޯން ހަރުކޮށްފައި. ކައުންސިލް ފެއިލް.

    ރައްދު
  2. Avatar
    didi

    ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (صلاة في مسجدي هذا أفضل من ألف صلاة فيما سواه إلا المسجد الحرام) البخاري 1190 ومسلم 1394، މާނައަކީ: “ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ކުރެވޭ އެންމެ ނަމާދަކީ މަސްޖިދުލް ޙަރާމް ފިޔަވާ އެހެން މިސްކިތެއްގައި ކުރެވޭ އެއްހާސް ނަމާދަށް ވުރެ ހެޔޮކަން ބޮޑު ނަމާދެކެވެ.” މިމަތިވެރި މާތް ކަމާއި އެކުގައިވެސް ޢީދު ނަމާދު ކުރެއްވުމަށް ޓަކައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތް ދޫކުރައްވާ މައިދާނަށް ނިކުމެވަޑައިގަތީއެވެ. މިއިން ދޭހަކޮށްދެނީ ޢީދު ނަމާދަށް މައިދާނަށް ނިކުތުމުގެ މަތިވެރި ކަމެވެ. ސުންނަތް ގޮތަކީވެސް އެއީ އެވެ. އިމާމް މާލިކް- ރަޙިމަހުﷲ- ގެ މަޛްހަބުގައި ޟަރޫރަތެއް މެދުވެރި ވެގެން މެނުވީ މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ ބިދުޢަ އެކެވެ. ސަބަބަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިން ކުރެ އެއްވެސް ބޭކަލަކު ޟަރޫރީ ޙާލަތެއް މެދުވެރިވެގެން މެނުވީ މިސްކިތުގައި ޢީދު ނަމާދު ނުކުރައްވައެވެ.
    އެހެން ކަމުން މި ކަމުގައި އިލްމުވެރިން ދެކޮޅު ހަދަންވީ ސަބަބެއް ނެތް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.