ބ. އެޓޯލް ފުޓްބޯލް ޗެލެންޖް ޑިސެމްބަރުގައި

ބ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިން:
ބ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިން:

 

އޭދަފުށީ ޔޫ ސްޕޯޓްސް އިން ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ “ބާ އެޓޯލް ފުޓްބޯޅަ ޗެލެންޖު” ގައި ޑިސެމްބަރު 6 ން 17 އަށް ބާއްވާން ނިންމައިފި އެވެ.

މުބާރާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ބުނީ ކުރިން ނޮވެމްބަރު މަހު ފަހަކޮޅު ބޭއްވުމަށް ހަމަޖެއްސި މި މުބާރާތް ފަސްކުރަން ޖެހުނީ ރިޔާސީ އިންތިހާބުގެ ތާރީޚަށް ބަދަލު ގެނައުމާ ގުޅިގެންކަމަށެވެ. އަދި މުބާރާތް ފަށާ ތާރީޚަށް މި ގެނައި ބަދަލާގުޅިގެން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ފައިނަލް ޓީމު ލިސްޓް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ ނޮވެމްބަރު 25 ވަނަ ދުވަހުގެ މެންދުރު 2:30 ގެ ނިޔަލަށް ކަމަށްވެސް ޖަމްބޭ ބުންޏެބެ. އަދި އެތާރީޚުގެ ފަހުން ހުށަހަޅާ ޓީމު ލިސްޓްތަކަށް އެއްވެސް އިތުރު ބަދަލެއް ނުގެނެވޭނެ ކަމަށްވެސް ޖަމްބޭ ބުންޏެވެ.

ބ. އަތޮޅުގެ ކުޅުންތެރިންނަށް ފަސްޓް ޑިވިޝަންގެ ފުރުސަތުތަކެއް ހޯދައިދިނުން މަގުސަދުގައި، މިއަތޮޅުގެ ރަށްރަށުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ޔޫ ސްޕޯޓްސް އިން އަތޮޅަށް ހުޅުވާލިއިރު މިއަހަރު އަށް ރަށަކުން ވަނީ ބައިވެރިވެފަ އެވެ.

 މިއަހަރު ބައިވެރިވެފައި ވަނީ ގޮއިދޫއާއި، ދަރަވަންދޫ، މާޅޮސް، ކެންދޫ، ފެހެންދޫ، ދޮންފަން، ކުޑަރިކިލުގެ އިތުރުން އޭދަފުއްޓެވެ.

ޖަމްބޭ ބުނީ، މިއަހަރުވެސް އެންމެ ބޮޑު އަމާޒަކީ ކާމިޔާބު، ފުރިހަމަ އަދި ފޯރިގަދަ މުބާރާތެއް ބޭއްވުން ކަމަށެވެ.

ޕެނަލްޓީ ޖަހައިގެން އޭދަފުށީ ބަލިކޮށް މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގޮއިދޫ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Avatar
    bane

    ސަންސެޓް ބީޗެއްނޫން. މުޅިރަށުން ހޮވާލެވޭ ޓީމެއް ނަގަނީ. ޓީމުގެ ނަމަކަށް ވެސް ކިޔާނީ އޭދަފުށި. ވަކިބަޔަކަށް ދައުވަތު ދިނީމަ ފޯރި މަދުކަން ވަނީ ޔަގީންވެފައި،

    ރައްދު
  2. Avatar
    Shahid

    ސަންސެޓް ބީޗް ތަ މިފަހަރު އޭދަފުށި ތަމްސީލު ކުރާނީ..؟؟ މި ސުވާލު ޖަވާބު ވަރަށް އަވަހަށް ބޭނުން؟ އީޓީ ޕިލީސް ހެލްޕް މީ!!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.