މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރި ކުރުވުމަށް ހިނގާލުމެއް ބާއްވައިފި

މަގުމަތީގެ ރައްކާތެރިކަމަށް އާއްމުން ހންތެރިކުރުވުމަށް އޭދަފުށިގައި މިއަދު ހަވީރު ބޭއްވި ހިނގާލުމުގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް

ރާއްޖޭގެ މަގުތަކަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް “ރޯޑް ސޭފްޓީ ވޯކް” ގެ ނަމުގައި މުޅި ރާއްޖޭގައި މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.

މި ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބް ރައިސް ފައިސަލް ނަސީމް ވިދާޅުވީ ގަވައިދުތަކާއި ޤާނޫނު ހެދިފައި ހުންނަނީ ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށެވެ.

އަދި އެއްވެސް ޙާލެއްގައި ޤާނޫނަކީ ނުވަތަ ޤަވާޢިދަކީ މީހަކަށް އަނިޔާއެއްދިނުމުގެ ގޮތުން ހެދޭ އެއްޗެއް ނޫން ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

މަގުމަތީގެ ރައްކާތެރިކަމަށް އާއްމުން ހޭލުންތެރިކުރުވުމަށް އޭދަފުށިގައި މިއަދު ހަވީރު ބޭއްވި ހިނގާލުމުގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް

ފައިސަލް ވިދާޅުވި ގޮތުގައި މި ހަރަކާތަކީ މިއަހަރު ކުރީކޮޅު މި ސަރުކާރުން ފެށި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެކެވެ.

މުޅި ރާއްޖޭގައި މިއަދު ހަވީރު އެއްވަގުތެއްގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ހިނގާލުމުގައި ބ.އަތޮޅު ހޮސްޕިޓަލް އާއި އޭދަފުށީ ޕޮލިސް ވަނީ ބައިވެރިވެފައެވެ.

އޭދަފުށީގެ ބޮޑެތި މަގު ތަކުގައި ހިނގާލުން ކުރިއަށް ގެންދިޔައިރު އެކްސިޑެންޓްތަކުގެ ސީން ދައްކާލުމުގެ އިތުރުން ހޭލުންތެރިކުރުވުމަށް އެކި މެސެޖްތައް ވަނީ ދީފަ އެވެ.

ރާއްޖޭގެ މަގުމަތީގައި ހިނގާފައިހުރި ނުރައްކާތެރި ހާދިސާތަކަށް އިޝާރާތްކުރައްވާ ނައިބް ރައީސް ވިދާޅުވީ އަދި މިހާރުވެސް ހިނގަމުންދާ ހާދިސާތަކަކީ ރައްޔިތުން އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބުގައި ހުރި މައްސަލަތަކެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.