އޭދަފުށީ ބިންހިއްކުމުގެ މަސައްކަތް ފެބްރުއަރީ މަހުތެރޭ ބަޔަކާ ހަވާލުކުރެވޭނެ: މިނިސްޓަރު

މިނިސްޓަރު މުއިއްޒު ރޭ އޭދަފުށީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އަންނަ ފެބްރުއަރީމަހު މެދުތެރޭ ބިންހިއްކުމުގެ މަސައްކަތ ބަޔާކާ ހަވާލު ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވި-- ފޮޓޯ / ތޯރިގް
މިނިސްޓަރު މުއިއްޒު ރޭ އޭދަފުށީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އަންނަ ފެބްރުއަރީމަހު މެދުތެރޭ ބިންހިއްކުމުގެ މަސައްކަތ ބަޔާކާ ހަވާލު ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވި– ފޮޓޯ / ތޯރިގް

 

ބ އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް އަންނަ ފެބްރުއަރީމަހުގެ މެދަކާ ހަމައަށް ދިއުމުގެ ކުރިން ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

2014 ވަނަ އަހަރު އޭދަފުށިގެ ތަރައްގީއަށް ދިވެހި ސަރުކާރުން އެކަށަހަޅާފައިވާ ތަރައްގީގެ މަޝްރުއުތަކާގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ މިރަށު މަލްޓިޕާޕަސް ހޯލުގައި ބޭއްވި ބައްދަލުވުވުމުގައި ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިރަށުގެބިން ބޮޑުކުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

“އެކަމާބެހޭ ޕްރީ ބިޑް މީޓިން މިމަހުގެ 7 ވަނަ ދުވަހު ބޭއްވިފައިވާ ކަމަށާއި އަދި މިހާރު ކުރިއަށް ދަނީ ޕްރީބިޑް މީޓިންތަކުގައި އެފަރާތްތަކަށް މައުލުމާތުތަކަށް ބިނާކޮށް އެފަރާތްތަކުން ކުރަން ބޭނުންވާ ޓެކްނިކަލް ސުވާލުތައް ކުރުމުގެ މަރުހަލާ، އެކަން ހަމަވާނީ މިމަހުގެ 14 ވަނަ ދަވަހު،

އޭދަފުއްޓަކީ ސަރުކާރުގެ ތަރައްގީގެ ޕްލޭންގެ ތެރޭގައި ވަރަށް މުހިއްމު އެއްރަށްކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިރަށުގެ ބިން ހިއްކައި އިތުރު ކުރުމުން އެ އިތުރުކުރެވޭ ބިމުގައި ރަނގަޅު ޕްލޭނެއް ހެދިގެން ގޮސް އެ ޕްލޭނާ އެއްގޮތަށް ތަރައްގީގެ ގިނަ ކަންތައްތައް ހާސިލުކުރެވޭނެކަމަށެވެ.

މުއިއްޒު ވިދަޅުވީ އޭދަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށާއި އަދި ގޯތި ގެދޮރުގެ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް ގޯތި ދިނުމާއި ހައުސިން ޕްރޮގްރާމްތައް ހިންގުމަށް އެ ބިމުން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ހަމައެއާއެކު ތަރައްގީއަށް ކުރައްޖެހޭ އެހެން ކަންތައްތައް ކުރުމަށްވެސް ބިން ލިބިގެންދާނެ ކަމަށް މިނިސްޓްރު ވިދާޅުވި އެވެ.

“އިތުރުކުރެވޭ ބިމުގައި ހައުސިން ޕްރޮގްރާމްތަކެއް ހިންގުމާއި އަދި އެ ޕްރޮގްރާމްތަކާ އެއްގޮތަށް މިރަށަށް އިތުރު މީހުން ބަދަލުކުރުމާއި މިކަންކަމަކީ މި ސަރުކާރުގެ ވިސްނުމުގެ ޕްލޭނުގެ ތެރޭގައި ކަނޑައެޅި މި ދައުރުގެ ތެރޭގައި ހާސިލުކުރާނެ ކަންކަން.” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އޭދަފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓް ރާވާފައިއޮތްގޮތުން، މި މަޝްރޫއު ލިބޭ ފަރަތަކަށް މިއަހަރުތެރޭގައި މަސައްކަތުގެ އަމަލީ މަސައްކަތް ފަށައި މިއަހަރު ނިމުމުގެ ކުރިން މިސައްކަތް ކޮށް ނިންމަން ލާޒިމުކުރާނެ ކަމަށެވެ. އަދި ބިން ހިއްކުމަށް ހަދަން ޖެހޭ އެންވަޔަރުމަންޓް އިމްޕެކްޓް އެސެސްމަންޓް ޕްލޭން ވެސް ހަދާ ނިމިފައިވާ ކަމަށާއި އޭދަފުށިން ފަޅުން ހިއްކާ ސަރަހައްދު 22 ހެކްޓަރަށްވުރެ ކުޑަ ނުވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު މުއިއްޒު ދެއްވި އެވެ.

ހައުސިންގ މިނިސްޓަރު އިއްޔެ އޭދަފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.