ޔަޒީދު ކެމްޕެއިން ފެށުމުގެ ގޮތުން ދޮރުން ދޮރަށް

އަބްދުﷲ ޔަޒީދު ދާއިރާގެ ރައްޔިތުންނަށް ތައާރަފު ވުމުގެ ގޮތުން ކުރި ދަތުރުގެ ތެރެއިން -- ފޮޓޯ ޔަޒީދު ކމްޕޭން ޓީމް
އަބްދުﷲ ޔަޒީދު ދާއިރާގެ ރައްޔިތުންނަށް ތައާރަފު ވުމުގެ ގޮތުން ކުރި ދަތުރުގެ ތެރެއިން — ފޮޓޯ ޔަޒީދު ކމްޕޭން ޓީމް

 

ރައްޔިތުންގެ މަޖްލީހުގެ އޭދަފުށި ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތި ލައްވާފައިވާ ޢަބްދުﷲ ޔަޒީދު ދާއިރާގެ ރައްޔިތުންނަށް ތައާރަފުވުމުގެ ގޮތުން ކެމްޕެއިން ދަތުރެއް ކުރައްވައިފި އެވެ.

ޔަޒީދު ކެމްޕޭން ޓީމުގެ އިސްއޮފިޝަލަކު އީޓީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަފްތާ ބަންދުގައި ކުރި  މިދަތުރުގައި ދާއިރާގެ ހުރިހާ ރަށަކަށްވެސް ޒިޔާރަތްކުރިކަމަށާއި އަދި ހީނުކުރާ ވަރުގެ ތާއީދު ދާއިރާގެ ހުރިހާ ރަށަކުންވެސް ފެނިގެން ދިޔަ ކަމަށެވެ.

“މިދަތުރަކީ ޔަޒީދުގެ ކެމްޕެއިންގެ ފެށުން. ދަތުރުގައި ފޯރިއާއި އެކު ކުރިއަށް ދިޔައީ ދޮރުން ދޮރަށް ހިނގާލުން. މިއީ ކެމްޕެއިންގެ ފެށުންކަމުގައި ވިޔަސް މިދަތުރުން ރައްޔިތުން ޢަބްދުﷲ ޔަޒީދު ބަލައިގެންފައިވާ ކަން އެނގިގެން ހިނގައްޖެ.” އޮފިޝަލު ވިދާޅުވި އެވެ.

ޔަޒީދުގެ ކެމްޕޭން ޓީމުން ބުނީ މިފަދަ ދަތުރުތައް ދާއިރާގެ ވަކި ވަކި ރަށްތަކަށް ޚާއްސަ ކޮށްގެން  ކުރިޔަށް ދާނެކަމާއި، ކޮންމެ ރަށަކަށް ޚާއްސަކޮށްގެން އެކުލަވައިލެވިފައިވާ ތަރައްޤީގެ މަޝްރޫއުތައް ރައްޔިތުންނާއި ހިއްސާކުރާނެކަމަށެވެ.

އަބްދުﷲ ޔަޒީދުގެ އިތުރުން އޭދަފުށި ދާއިރާގެ ގޮނޑި މިހާރުވެސް ފުރުއްވަމުން ގެންދަވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި އެމްޑީޕީގެ ފަރާތުން ހިސާން ހުސައިން ވެސް މި ދާއިރާއަށް ކުރިމަތި ލައްވާނެކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    Ziya

    ގާބިލު ތަޖުރިބަަަ ލިބިފަތިބި ޒުވަަާނުން ކުރިމަތި ލުމުން ކައުން ސިލްއިން ވެސް ގޮތް ހުސްވެއްޖެ ކަމުގެ އަލާމާތެއް ކަމުގަބެލެވެނީ؟ ބިރުދެއް ކުމުގެ ކަންކަން ހުއްޓާލުމައް މިވަގުތހުންމ ފެށީގެން ހުއްޓަލުމަށް އިލްތިމާސް ކުރަށް. އަދި މިފަދަ ޢާމަލުތަށް ހަރުކަށި އިބާރާ ތުން ކުއްވެރިކުރށް. ޒުވާނުން މިތިބީ ޔަޒީދު އާޢީ އެކުކަށް ވަރށް ބޮޑަށް ކައުންސިލް ައށް ޔަގީން ކޮންދެން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.