ޖެންޑާ ބޭސްޑް ވައިލެންސް އާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންއެއް ބާއްވައިފި

ޖެންޑާ ބޭސްޑް ވައިލެންސް އާ ބެހޭގޮތުން ހޭލުންތެރިކުރުވުމަށް ބޭއްވި ސެޝަންގެ ތެރެއިން-- ފޮޓޯ / ފެމެލީ ސެންޓަރު
ޖެންޑާ ބޭސްޑް ވައިލެންސް އާ ބެހޭގޮތުން ހޭލުންތެރިކުރުވުމަށް ބޭއްވި ސެޝަންގެ ތެރެއިން– ފޮޓޯ / ފެމެލީ ސެންޓަރު

 

ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރާއި އޭދަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން އޭދަފުށީގައި ހުރި ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖެންޑާ ބޭސްޑް ވައިލެންސް (ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ) އާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންއެއް ކުރިއަށް ގެންގޮސްފި އެވެ.

 އޭދަފުށީ ސަންސެޓް ބީޗް ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ސެޝަންގައި ޖެންޑާ ބޭސްޑް ވައިލެންސަކީ ކޮބައިކަމާއި އަނިޔާ ލިބޭ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތަކުގެ އިތުރުން އެފަދަ ފަރާތްތައް ބާރުވެރި ކުރުވުމާއި އަދި މީގެ އިތުރުން ގެވެށި އަނިޔާގެ ގާނޫނާއި ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވިފައިވާކަމަށް ބ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ބުންޏެވެ.

ފެމެލީ ސެންޓަރުން ބުނީ މި ސެޝަންގެ މައިގަނޑު މަގުސަދަކީ ބައިވެރިން މެދުވެރިކޮށް އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ހޭލުންތެރިކުރުވުމުގެ އިތުރު ސެޝަންތަކެއް އަތޮޅުގެ އެހެން ރަށްރަށުގައި ހިންގާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.