
މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް މުހައްމަދު މަލީހު ޖަމާލު ނުރަސްމީ ދަތުރެއްގައި މާދަމާ އޭދަފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އީޓީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު މަލީހު އޭދަފުއްޓަށް ވަޑައިގަންނަވަނީ އޭދަފުށީގެ ޒުވާނުންނަށާއި ކުޅިވަރު ކުރިއެރުވުމަށްޓަކައި މިއަހަރު ރޭވިފައިވާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދެއްވުމަށެވެ. މި ދަތުރުގައި އޭދަފުށީގައި މިއަހަރު ސްޕޯޓްސް އެރީނާއެޅުމަށް ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމާބެހޭގޮތުން ކައުންސިލާ މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަންވެސް އީޓީއަށް އެނގިފައިވެއެވެ.
އޭދަފުއްޓަށް މިއަހަރު އަމާޒުކުރެވިފައިވާ ތަރައްޤީގެ ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދެއްވުމަށްޓަކައި މިދިޔަ ހަފްތާތެރޭގައި ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުވެސް އޭދަފުއްޓަށް ވަނީ ވަޑައިގެންފަ އެވެ.
ކޮބާ މިނިސްޓަރު އަދިވެސް ވަޑައެއްނުގަންނަވާތަ.
އޭދަފުށީގައި އަޅަން ހަމަޖެހިފައިވާ ފުޓްސެލް ދަނޑު އެހެންރަށަކަށް ބަދަލުކޮށްފައިވާތީ، އެއީ ކިހިނެއްހިނގިކަމެއްތޯ ރައްޔިތުން ސުވާލުކުރެއްވުމަށް އެދެން. އަދި ފުޓްސެލް އަޅަން މިހާރު ނިންމިރަށްރަށަކީ ގައުމީ ޓީމަކަށް ދުވަހަކުވެސް އެރަށަކުން ހޮވިފައިހުރި ކުޅުންތެރިއެއް ހުރި ރަށެއްތޯވެސް ސުވާލުކޮށްލެއްވުން. އަދި ކޮން އިރަކުތޯ ފުޓްސެލް ދަނަޑު އޭދަފުށިގައި އަޅާނީ މި ސުވާލުވެސް ކޮށްލުން. އަދި މެމްބަރު ސަލީމް މިކަމާ ކީއްވެތޯ އަޅާނުލީ، މިހުރިހާ ސުވާލުކޮށްލުން. އޭދަފުށްޓަށް ހެޔޮއެދޭ ފަރާތެއް.