ރަން މެޑަލް އާއި ފައިސާގެ އިނާމު އަދިވެސް ނުލިބޭ…!!

އޭދަފުށީ ބެޑްމިންޓަން ޓީމު ޓީމަށް ލިބެންޖެހޭ ފައިސާގެ އިނާމާ ޓްރޮފީ އަދިވެސް ނުލިބޭ
އޭދަފުށީ ބެޑްމިންޓަން ޓީމު ޓީމަށް ލިބެންޖެހޭ ފައިސާގެ އިނާމާ ޓްރޮފީ އަދިވެސް ނުލިބޭ

 

ވޭތުވެދިޔަ އަހަރު މާލޭގައި ބޭއްވުނު އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އޭދަފުށީ ބީޑީސީއަށް ލިބެންޖެހޭ rރަން މެޑަލް އާއި ފައިސާގެ އިނާމު އަދިވެސް ނުލިބޭކަމަށް އޭދަފުށީ ބީޑީސީން ބުނެފި އެވެ.

މި މުބާރާތް ބޭއްވުނީ މިދިޔަ އަހަރު ނޮވެމްބަރު 22 ން 30 ގެ ނިޔަލަށް މާލޭ ކުޅިވަރު އެކުވެނީގަ އެވެ. މި މުބާރާތުގައި އަތޮޅުތަކުން 10 ޓީމު ބައިވެރިފައިވާއިރު، ހުރިހާ މެޗަކުން މޮޅުވެ، ޗެމްޕިއަންކަން ހޯދާފައިވަނީ އޭދަފުށީ ބީޑީސީ އެވެ.

2012 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ލިބުމުން ފައިސާގެ އިނާމުގެ ގޮތުގައި 8000ރ އާއި މެޑަލް ޓީމަށް ލިބުނުކަމަށްވެސް ބީޑީސީން ހާމަކުރި އެވެ.

މިގޮތަށް މިކަންކަން މެދުވެރިވުމުގެ ސަބަބުން ޓީމުގެ ކުޅުންތެރިންގެ ހިތްތަކުގައި މި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން ދަށްވެފައިވާ ކަމަށާއި އެހާ ބުރަ މަސައްކަތުން ހޯދާ ކާމިޔާބީ ސަރުކާރާއި އެސޯސިއޭޝަނުން ފާހަގަ ނުކުރާތީ އެކަމާ ހިތާމަކުރާ ކަމަށްވެސް ބީޑީސީގެ އޮފިޝަލަކު އީޓީއަށް ހާމަކޮށްދިނެވެ.

މި މުބާރާތުގެ ފައިނަލުމެޗުގެ ޝަރަފުވެރި މެހުމާނަކީ މިހާރުގެ ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    އަޙްމަދު ޢަލީ

    އޭދަފުށި ފުޓްސެލް ދަނޑަށްވީގޮތްވެސް ނޭނގިގެން މިއުޅެނީ. ދެން އަދި ކިހިނެއް ލާރިކަންތައް ހަމަޖެހޭނީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.