އޭދަފުށީގައި ގާއިމުކުރާ ޗިލްޑްރެންސް ހޯމް ސެންޓަރަށް މުވައްޒަފުން ހޯދަނީ

ބ. އޭދަފުށީގައި މިއަހަރު ގާއިމުކުރަން ތައްޔާރުވަމުން އަންނަ ޗިލްޑްރަންސް އަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

އޭދަފުށީގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި ގާއިމުކުރާ ޗިލްޑްރަންސް ހޯމަށް މުވައްޒަފުން ހޯދަން އިއުލާންކުރި ދާއިރާތަކުގެ ތެރޭގައި އެސިސްޓެންޑް ޑިރެކްޓަރަކާއި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ އިތުރުން ކުދިން ބަލަހައްޓާ 26 މީހުންނާއި މަސައްކަތު ތިން މީހުންގެ އިތުރުން ތިން ކައްކާއިން ހިމެނެ އެވެ.

ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން ބުނީ، ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ހޯމް ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދަން އިޢްލާން ކުރިއިރު، ހޯމް ސެންޓަރުގެ އިމާރާތަށް ގެންނަޖެހޭ ބަދަލުތަކާއި، ފަރުނީޗަރު ހޯދުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެއެވެ. އެމިނިސްޓްރީން ކުރިން ބުނެފައިވަނީ މިއަހަރު އޭދަފުށީގެ އިތުރުން ހޯމް ސެންޓަރު ގާއިމްކުރާނީ އައްޑޫ ސިޓީގައި ކަމަށެވެ.

2007 ވަނައަހަރުން ފެށިގެން ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގެ ނަމުގައި އޭދަފުށީގައި ސެންޓަރެއް ގާއިމްކޮށް ހިންގަމުން ގެންދާއިރު ފަހަކަށް އައިސް މަދުމަދުން ކުޑަކުދިންނަށް ހިމާޔަތްދީގެން އެތަނުގައި ބަލަހައްޓަމުން ގެންދާކަންވެސް ފާހަގަކުރެވެއެވެ.

ހޯމް ސެންޓަރެއް ގާއިމްކުރުމަށް ބޭނުންވާ އެކަމަޑޭޝަން ބްލޮކެއް ފެމެލީ ސެންޓަރުގެ ގޯތިތެރޭގައި ގާއިމްކޮށްފައި ހުންނަތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.