އެކްސިޑެންޓުގައި އަނިޔާވި ކައްޕިގެ މޫނުގެ ކަށިތަކުގެ އޮޕަރޭޝަނެއް ކޮށްފި

ބ. އަނގަފަރު ކައިރީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ލޯންޗު ދުއްވަން އިން ކައްޕި މުހައްމަދު މުސްތަފާގެ ވާތު ލޮލުގެ ތިރިން ބިނދިފައިވާ ކަށިތަކުގެ އޮޕަރޭޝަން ކޮށްފި އެވެ.

އެކްސިޑެންޓު ވީއިރު، ލޯންޗު ދުއްވަން އިން ކައްޕި މުސްތަފާ އަށް ވަރަށް ބޮޑަށް އަނިޔާވެ އޭނާގެ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗުގައި ފަރުވާދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އެދުވަހު މެންދުރެއް ހާއިރު އޭނާ ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.

މުސްތަފާގެ އާއިލާއާ ގާތް މީހަކު، ބުނީ އެ ހާދިސާގައި އޭނާގެ ލޮލުގެ ތިރިން މޫނުގެ ކަށިގަނޑެއް ބިނދިފައިވާތީ، ބިނދިފައިވާ ކަށިތަކުގެ އޮޕަރޭޝަން އިއްޔެކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މުސްތަފާގެ އިތުރުން، ލޯންޗުގައި އިން ބަންގްލަދޭޝްގެ ފަޅުވެރިޔާގެ ވާތު ކަންފަތުން ބައެއް ވަކިވި އެވެ. އޭނާގެ ކަންފަތުގެ އެ ބައި ވަނީ ފަހައިފަ އެވެ.

އެ އެކްސިޑެންޓު ހިނގީ ތިން މީހުންނާ އެކު ދަރަވަންދޫން ނުކުތް ޑިންގީ އަކާއި ކަމަދޫން އޭދަފުއްޓަށް ދަތުރުކުރި ލޯންޗެއް ޖެހިގެންނެވެ. ޑިންގީގައި ތިބި މީހުންގެ ތެރެއިން އޭދަފުށީ، މުސްތަރީގޭ ނަސްރުﷲ އަބްދުﷲ 41، ވަނީ އެ އެކްސިޑެންޓުގައި ކަނޑަށް ވެއްޓި ގެއްލިފަ އެވެ.

ނަސްރުﷲ ދަތުރުކުރި ޑިންގީ

އޭނާ ހޯދަން ސިފައިން ކުރި މަސައްކަތުން މިހާތަނަށް ފެނިފައި ވަނީ ޑިންގީއާއި އޭގެ އިންޖީނުގެ ކަވަރުފަޅިއެއް އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް ސާމާނެވެ. ނަމަވެސް ނަސްރުﷲ އަދި ވެސް ނުފެނެ އެވެ.

ކުޑަ ދެ އަންހެން ކުދިންގެ ބައްޕަ ނަސްރުﷲ އުޅެނީ ދަރަވަންދޫ މީހަކާ އިނދެގެންނެވެ. މާލޭގެ ބްރައިޓް ބްރަދާސްގައި ވަޒީފާ އަދާކުރާ ނަސްރުﷲ ރަށަށް ގޮސް އުޅުނީ މި ފަހަރުގެ ބޮޑު ޗުއްޓީ އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.