މާއްޑޫ އަށް ޕިކްނިކް ދާން ހުޅުވާލައިފި

ބ. މާއްޑޫ

ބ. އޭދަފުށީ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މާއްޑޫ، ކުރިން ވަރުވާއަށް ލިޔުއްވައިގެން އުޅުއްވި ފަރާތުގެ އަތުން އެރަށް ވަކިކުރުމަށްފަހު، އެރަށް ބެލެހެއްޓުން އޭދަފުށީ ކައުންސިލާ ހަވާލުކޮށްފައިވާތީ، އެރަށަށް ޕިކްނިކް ދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ، މި ހަފްތާ ބަންދުގައި މާއްޑޫއަށް ޕިކްނިކް ދަތުރުދާން ބޭނުންވާ ފަރާތްތަކުން ކައުންސިލު ހުއްދަ ހޯދުމަށްފަހު އެރަށަށް ގޮސް އެރަށުގެ މޫދާއި ގޮނޑުދޮށް ހިމެނޭ ސަރަހައްދު ބޭނުން ކުރެވޭނެ ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން ރަށުތެރެއަށް ނޭރުމަށާއި ރަށުން އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ބ. މާއްޑު ބެލެހެއްޓުން އިއްޔެއިން ފެށީގެން އޭދަފުށީ ކައުންސިލާ ހަވާލުކުރިއިރު، އޭދަފުށީ ގިނަ ބައެއްގެ އެދުމުގެ މަތިން 2013 ވަނަ އަހަރު ރައީސް ވަހީދުގެ ވެރިކަމުގައި ވެސް މާއްޑޫއަކީ ބ. އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ކެބިނެޓުން ފާސްކުރިއެވެ. ނަމަވެސް މާއްޑޫ ވަރުވާ އަށް ދޫކޮށްފައިވާ ގ. ސަމިއްޔާ، އާމިނަތު ހުސައިން (ކުޑަސިއްތި) ގެ އަތުން އެ ރަށް ނެގުމަށް އެގްރިކަލްޗަ މިނިސްޓްރީން އަންގާފައިވާ އެންގުން ބާތިލްކޮށްދިނުމަށް އެދިސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިން އޭނާ ވަގުތީ އަމުރަކަށްއެދުމާ ގުޅިގެން އޭރުވަނީ އޭނާ އަތުން އެރަށް ވަކިނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައެވެ. އެހެންވެ އެރަށް މިހާތަނަށް އޮތީ އެފަރާތުގެ ބެލުމުގެ ދަށުގަ އެވެ.

ކުޑަސިއްތި އަކީ ރާއްޖޭގެ ސިޔާސީ އަދި އަދަބީ އެންމެ މަޝްހޫރު އެއްޝަހުސިއްޔަތު ކަމަށްވާ އިބްރާހިމް ޝިހާބުގެ ހުވަފަތް އަނބިކަނބަލުންނެވެ.

ކައުންސިލުން ބުނި ގޮތުގައި މާއްޑުއަށް ޕިކްނިކް ދިއުމުގެ ހުއްދަ ހޯދުމަށް ގުޅާނީ ކައުންސިލުގެ ނައިބްރައީސް ހައްވާ ސަމީހާ، ފޯން 7530663 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.