ދިރާގުޓީވީއަށް “ޔޫއްފެ ޕޮރޮޑަކްޝަން” ގެ މުޅިން އާ އުފެއްދުންތަކެއް!

ދިރާގު ޓީވީއިން “ޔޫއްފެ ޕްރޮޑަކްޝަން” އާއި އެކު މުޅިން އާ ދިވެހި ސީރީޒް އެއް އުފެއްދުމަށް ސޮއި ކޮށްފިއެވެ.

“ޔޫއްފެ ޕްރޮޑަކްޝަން” އަކީ 2004 ވަނަ އަހަރު މަޝްހޫރު ދިވެހި ފިލްމީ ތަރި ޔޫސުފް ޝަފީއު، އާންމު ނަމުންނަމަ، ޔޫއްފެ އުފެއްދި ފިލްމު ކުންފުންޏެކެވެ. މި ސީރީޒު ދިރާގުޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބުރަރީން މިއަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.  

ވީއޯޑީ އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ.  

“ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފިލްމީ އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮންޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުން،” ދިރާގުން ބުންޏެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ %72 ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.