އެންމެ މުއްސަނދި ސަރަހައްދު ރަށާ ކައިރީގައި

ބ. އަތޮޅު، ހަނިފަރު: ބ. އަތޮޅުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 174،000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް. މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދު. ފޮޓޯ/ޔުނެސްކޯ
ބ. އަތޮޅު، ހަނިފަރު:  މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދު. ފޮޓޯ/ޔުނެސްކޯ

ދުނިޔޭގެ ތާރީޚަށް ބަލާއިރު ބަޔޮސްފިއާ ރިޒާވްގެ މަސައްކަތް އަމަލީ ގޮތެއްގައި ފެށިފައިވަނީ އދ.ގެ ސައެންސާއި ތައުލީމާ ބެހޭ ޖަމިއްޔާ “ޔުނެސްކޯ” އިން 1968 ވަނަ އަހަރު އިންތިޒާމްކުރި ބަޔޮސްފިއާ ކޮންފަރެންސަށް ފަހުގަ އެވެ. މިއީ އެކި ގައުމުތަކުގައި ހުރި ގުދުރަތީ މުއްސަނދި ކަމާއި ވަސީލަތްތައް އޭގެ ފުރިހަމަ ގޮތުގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބޭނުންކުރަމުން ގެންދެވިދާނެ ގޮތްތަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބޭއްވި ކޮންފަރެންސެކެވެ.

އެ ކޮންފަރެންސްގެ ނަތީޖާއެއްގެ ގޮތުން ގިނަ ގައުމުތަކެއް، އެ ގައުމުތަކުގައިވާ ގުދުރަތީ މުއްސަނދިކަމާއި ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ޚާއްސަ އިސްކަމެއް ދޭން ފެށުނެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ 114 ގައުމުގެ 480 އަށް ވުރެ ގިނަ ސަރަހައްދު، މިއަދު ވަނީ ހިމާޔަތްކުރެވިފައިވާ ތަންތަން ކަމުގައި ކަނޑައަޅައި ރައްކާތެރިކޮށްފަ އެވެ. އޭގެ ތެރޭގައި ކަނޑުގެ ދިރުންތަކާއި އެއްގަމުގެ ސަރަހައްދުތަކާއި ފަރުބަދަތަކާއި ކޯރު ފަދަ ތަންތަން ހިމެނެ އެވެ.

އޭގެ ތެރެއިން އެއް ތަނަކީ ރާއްޖޭގެ ބ. އަތޮޅުގައި އޮންނަ ހަނިފަރު ސަރަހައްދެވެ. ބ. އަތޮޅުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 174،000، ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދެވެ. މީގެ އިތުރުން ވަރަށް ނާދިރު ބާވަތްތަކުގެ މުރަކަ އާއި އެ ނޫން ދިރޭ ތަކެތި ވެސް މި ސަރަހައްދުގައި ހިމެނެ އެވެ. ހަނިފަރަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ ވެސް މުހިއްމު މަންޒިލެކެވެ. އެ ފަރުން އެކަނިވެސް އަހަރެއްގެ ތެރޭ 250،000 ޑޮލަރު ލިބޭކަމަށް ދިރާސާތަކުން ދައްކަ އެވެ.

ބ. އަތޮޅު، ހަނިފަރު: މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދު. ފޮޓޯ/ޔުނެސްކޯ
ބ. އަތޮޅު، ހަނިފަރު: މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދު. ފޮޓޯ/ޔުނެސްކޯ

ބަޔޯސްފިއާ ރިޒާވުގެ ސަބަބުން ވަރަށްގިނަގުނަ ފައިދާތަކެއް މިއަތޮލަށް ލިބިގެންދާނެ އެވެ. އެގޮތުން މި ސަރަހައްދެއްގެ މީހުންގެ މެދުގައި ތިމާވެއްޓާމެދު ހޭލުންތެރިކަން އިތުރުވެ، ސަރަހައްދުގައި ހިންގޭ ތަފާތު މަޝްރޫއުތަކަށް ފައިސާގެ އެހީ ހޯދަން ފަސޭހަވެގެންދާނެ އެވެ. އަދި މި ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންގޮސް ގައުމުގެ އެންމެންނަށް ގުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތުގައި ތަރައްގީވަމުން އަންނަ ނަމޫނާ ސަރަހައްދަކަށް ވެގެންދާނެ އެވެ. މީގެ އިތުރުން އިގްތިސާދީ އަދި އިޖްތިމާއީ ހަރަކާތްތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތައް މަދުވެ، ސަރަހައްދު މާކެޓްކުރާނެ ބްރޭންޑް ނަމެއް ލިބި އޭގެ ހެޔޮ ފައިދާ ވެސް ސަރަހައްދީ އިގްތިސާދަށްދަނީ ކުރަމުންނެވެ. އަދި މި ސަރަހައްދުގައި އިކޯ ޓޫރިޒަމަށް މަގުފަހިވެ އެ ދާއިރާއިން ކުރިއެރުންތައް ލިބި، ވަޒީފާގެ އިތުރު ފުރުސަތުތައް މި ސަރަހައްދުގައި ދަނީ އިތުރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

 1. Avatar
  m.riza.m

  އަވަށު ކަންއުންސިލަރ، ބުނަން ރަންގަޅު ވާހަކައެއް، ކޮމެންޓްކުރާއިރު ކާކުކަންއެގިގެން ކޮމެންޓް ތަކަށް ޖާވާބު ދިނުން ރަގަޅުވާނެކަމަށްފެނޭ، ނޭންގޭކަންކަމާ ކާޅުކެޔަސް ސޮއްނުގޮވާށޭ ބުނެއުޅޭ،، އެއަރކޯން އާއި ޕްރިންޓަރ ދެލިގެންދިޔައީ އަވަށު ކައުންސިލަރުގެއަށް ، ދެންނިކަން ކޯޓަށް ދޭބަލަ!!!!

  ރައްދު
 2. Avatar
  އަވަށު ކައުންސިލަރު

  “ބަޔޯސްފިއަރ ރިޒާވް އޮފީހެއް ހުރޭހެން ހީވަނީ،” ކުޑޭމެން މިހެން ވާހަކަ ދައްކަން ލަދުވެސް ގަންނަން ޖެހޭނެ ދޯ. ކުޑޭ މިހާރު އިށީދެގެން އިން ގޮނޑިއަކީވެސް ބަޔޮސްފިއާ ރިޒާވުން ހަދިޔާ ކުރި ގޮނޑިއެއްގަ. ޕްރިންޓްވެސް ކުރަނީ ބަޔޮސްފިއާ ރިޒާވް އޮފީހުން ހަދިޔާ ކުރި ޕްރިންޓަރަކުން. ޕްރިންޓަރުން ކުލަ ހުސްވެގެންވެސް އެންމެ ފަހުން އަންނަން ޖެހުނީވެސް ހަމަ އެ އޮފީހަށް. އެހެންތާ ވާނީ އިރުމަތީ އަވަށު މިސްކިތުގަ ޓީބީ އިން އެއަރކޯން ހަރުކުރަން އުޅުނީމަ ކައުސިލްގެ ރައީސްއަށް ލަފާ ދެއްވީ ކުރަން ހެޔޮވާ ވަރުކަމެއް ނޫނޭ، ކަރަންޓް ބިލް ދައްކާނެ މީހަކު ނެތޭ. އެންމެފަހުން ކުޑަ ދުވަސްކޮޅެއް ތެރޭ ފެނުނީ ކައުންސިލްގަ އެއަރކޯން ހަރުކޮށްފަ ހުރިތަން. ކަރަންޓް ބިލް ދައްކާނެ މީހުންވެސް ވި. ކުޑޭމެން ބަލާނީ އަބަދުވެސް މީހަކަށް ޖެއްސުމެއް ކުރެވޭތޯ.

  ރައްދު
 3. Avatar
  non ranger

  ބ. އަތޮޅުގައި ހިންގި އޭއީސީ ޕްރޮޖެކްޓަކީ ބޭރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގި ބޮޑެތި ޕްރޮޖެކްޓްތަކުގެ ތެރެއިން ޕޮރޮޖެކްޓެއް. ޖުމްލަ 8 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގި ޕްރޮޖެކްޓުން އަތޮޅަށް ލިބުނު ކުރިއެރުމެއް ފެންނާކަށް ނެތް. ބަޔޯސްފިއާ ނަން ލިބުނުކަން އެކަނި. ބަޔޯސްފިއާއެއް ނަމަވެސް އެތަނަށް ލިބެންޖެހޭ ރައްކާތެރިކަމެއް ނެތް. ރިސޯޓް ތަކުން ސަރަހައްދުގެ ކަނޑަށް ކުނިއަޅާކަން އަތޮޅުގެ އެންމެން ވެސް ދަނޭ. ބަޔޯސްފިއާގެ ނަން ލިބުމުން ހުރިހާ ފައިދާ ނަގަނީ ރިސޯޓްތަކުން. ގެސްޓުންގެ އަތުން އިތުރަށް ޗާޖް ކުރޭ. އަހަރެއްގެ މައްޗަށް އެތައް ސަތޭކަ ޑޮލަރެއް ފައިދާ ރިސޯޓްތަކަށް ލިބޭއިރު ސަރުކާރުން ނަގާ ޓެކްސްގެ އެއްވެސް ޕަސެންޓެއް ބ. އަތޮޅަށް ކަނޑައަޅާފައެއްނެތް. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ލާމަރުކަޒީ އުސޫލުން ގައުމު ހިންގާއިރު އެ ސްޓޭޓެއްގެ ގުދުރަތީ މުއްސަނދިކަމުން ލިބޭ ފައިދާ ވަންނަނީ ސީދާ އެ ސްޓޭޓަކަށް. މައިސަރުކާރަށް ލިބޭނީ ކުޑަ އަދަދެއް. އޭއީ ސީ ޕްރޮޖެކްޓް ހިންގި އިރު އަތޮޅުގެ ރަށް ރަށުން މީހުން ގެނެސްގެން ބައްދަލުވުން ބާއްވާ މުޅިންވެސް އޮޅުވާލާފައި ވަނީ. މަސްވެރިން ނަށާއި ދަނޑުވެރިންނަށް ފަސޭހަކަމާއެކު މާކެޓް ކުރެވޭނެ ކިޔާ މުޅިންވެސް ދޮގު. މިހާރުވެސް ކިހާދޫ މީހުން ހައްދާ ކަރާކޮޅު ގަންނާނެ ރިސޯޓެއް މި އަތޮޅަކު ނެތް. އެކި އެކި ތަންތަނުން ހިލޭ އެހީ ހޯދައިގެން މި އަތޮޅުގެ މަސްވެރިންނަށް އުނދަގޫ ކުރުން ފިޔަވާ އިތުރުކަމެއް ނުވޭ. އޭދަފުށިގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކަށް ސްޕޮންސާ ދިނުމުން އެ ނިމުނިކީ ނޫން. ކޮންމެ މީހަކުވެސް އުޅެނީ ޖީބަށް މަދުވެދާނެތީ. އަތޮޅަށް ފައިދާއެއް ހޯދާކަށް މަސައްކަތެއް ނުކުރޭ. ބ. އަތޮޅުގެ ހާލަތަށް ވުރެ ރ. އަތޮޅުގެ ދިރި އުޅުމުގެ ހާލަތުވެސް މާ ރަގަޅު.

  ރައްދު
 4. Avatar
  .riza

  ބަޔޯސްފިއަރ ރިޒާވް އޮފީހެއް ހުރޭހެން ހީވަނީ،!! އެއްވާހަކައެއް އެއްހާސްފަހަރު ބުންޏަސް އަޑުއަހާ އެއަށް އަމަލުކުރާނެ މީހަކު މިހާރަކު ނެތް.، ތިމާ ބޭނުންކަމެއް ތިމާބޭނުންވަގުތަކު ނުކުރެވެންޏާ ހައްގުގެއްލޭ ޒަމާނެއްގައި ކީއްކުރާ އޮފީހެއް، މިޤައުމުގައިވާ ޤުދުރަތީ މުއްސަނދިކަމާ ވަސީލަތްތައް ހިމާޔަތް ކޮށް ބަލަހައްޓަން ޖެހޭ ބަޔަކީ ބަންދުލަދޭސްމީހުން އަޅުގަންޑުމެން ދިވެހިންގެ މަސައްކަތަކީ އެއްވެސް ހިސާބަކުން ސަރަހައްދެއް ހިމާޔަތް ކޮށްފިކަމަށް ސަރުކާރުން ކަނޑައަޅައިފި ނަމަ އެސަރަހައްދެއް ހަލާކުކުރުމުގެ ޕްރޮގްރާމް ތައްރޭވުން (ބުނަންމިއުޅޭ ވާހަކައަކީ ކުމެއް ނުކުރާށޭ ބުނެފިއްޔާ އެކަމެއްކުރުން) ނުކުރެވިއްޖެއްޔާ ހައްގުގެއްލޭ ޤާނޫނެއް އޮންނާނެ

  ރައްދު
 5. Avatar
  ރޭންޖަރ

  ބަޔޮސްފިއާ ރިޒާވްއެއް ގޮތުގައި ބ. އަތޮޅު ހެދުނީ 2011 ވަނަ އަހަރުއެވެ. މިއަދާ ހަމައަށް އެ އޮފީހަށް ވަނީ ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ނުލިބިފަ.އޭ އީ ސީ ޕްރޮޖެކްޓްގެ ދަށުން އެ އޮފީސް ހިންގި އިރު އައުޓް ރީޗް ޕްރޮގްރާމްތަށްވެސް ހިންގާ. ކޮންޒަވޭޝަން ޓީމްގެ މަސައްކަތް ވަރަށް ފުރިހަމަ. ކުރާ ކަމެެއް ނުފެންނާނެ ދުވަހަކުވެސް. އަބަދުވެސް ބަލާނީ ސިޔާސީ ކުލައެއް ޖައްސާ މީހަކު ދުއްވާލެވޭތޯ ބަލަން. ބަޔޮސްފިއާ ރިޒާވަކީ ހަމައެކަނި ހަނިފަރެއް ނޫން. ބ.އަތޮޅުގެ 10 ސަރަހައްދެއް ވާނީ ހިމާޔަތް ކުރެވިފަ. މި ޒަމާނުގަ ޕްލާސްޓިކް އިން ތިމާވެއްޓަށް ގެއްލުންވާކަން ނޭނގޭ މީހަކު ވަރަށް މަދުވާނެ. ސޯޝަލް މީޑިއާ ތްރޫކޮށް ހަބަރާއި މައުލޫމާތު ހުންނާނީ އެނގެން. ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ޓީވީގެ ޒަރިއްޔާއިން ތިމާވެއްޓާއި ބެހޭ މައުލޫމާތު ގެނެސްދޭ. ހަލާކު ނުވާޒާތުގެ އެއްޗެހި މޫދައް އެޅުމުން ވާނީ ކިހާވަރެއްގެ ގެއްލުމެއްކަން ރައްޔިތުންނަށް ކިޔައިދިނުމުން ފައިދާއެއް ވާ ނަމަ ހަމައެކަނި އެ ބަންޑު ވޯލް ޖަހާލައިގެން ބިންވެސް ހިއްކީސް. ގޮތެއް ދުލެއް ނުކުރާނެ މިތާ ތިބި ……….

  ރައްދު
 6. Avatar
  Information

  ތިމާވެއްޓައް މީހުން އަހުލުވެރި ކުރުވުމަށް އޭދަފުށީގައި ބަޔޯސްފިއަރ ރިޒާވް އޮފީހުން ކުރީ ކޮންކަމެއްތޯ؟ ތިމާވެއްޓާ ގުޅޭގޮތުން ބައްދަލުވުމެއް ބޭއްވީ ކޮންދުވަހަކުތޯ؟ ފައިދާ ކުރާނީ އެކުރާކަމެއް ރަގަޅައްކޮށްގެން އެހެން ނޫނީ އޭގެން ނުކުންނާނީ ގޯސްނަތީޖާތަކެއް. ހަލާކު ނުވާޒާތުގެ އެއްޗެހި މޫދައް އެޅުމުން ވާނީ ކިހާވަރެއްގެ ގެއްލުމެއްކަން ރައްޔިތުންނަށް ވިސްނަދިނުމަށް ބަޔޯސްފިއަރ ރިޒާވްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަރިހުން އެދެން.

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.