އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން މިއަދު ފަށައިފި އެވެ.

އެ އިމްތިހާނުތަކުގެ ނަތީޖާ އޮންލައިންކޮށް އަދި ފެންނާނީ ސެންޓަރުތަކަށް އެކަންޏެވެ. އަދި އަންނަ ހަފްތާ އިން ފެށިގެން އިމްތިހާނުގެ ނަތީޖާ ސްލިޕް ދޫކުރަން ފަށާނެ ކަމަށް ޑީޕީއިން ބުންޏެވެ.

ޑީޕީއިން ބުނި ގޮތުގައި ނަތީޖާ ރީ-ޗެކް ކުރަން ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު، އަންނަ މަހުގެ 13  ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އެގޮތުން ސެންޓަރެއް މެދުވެރިކޮށް އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކަށް އެދި ހުށަހަޅާނީ ސެންޓަރަށް ކަމަށް ވެސް ޑީޕީއީ އިން ބުންޏެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާން ރާއްޖޭގެ 194 ސްކޫލެއްގައި ވަނީ ބާއްވައިފަ އެވެ. ސްކޫލުތަކުން 7000 އަށްވުރެ ގިނަ ދަރިވަރުން އިމްތިހާން ހެދިއިރު، އަމިއްލަ ސެންޓަރުތަކުން ވެސް އިމްތިހާނުގައި ބައިވެރިވެފައި ވެ އެވެ.

ރީޗެކްކުރަން ބޭނުންވާ ދަރިވަރުންގެ ފޯމު އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހެ އެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިހާނުގައި ބައިވެރިވި ދަރިވަރުން ރީޗެކްކުރަން ހުށަހަޅާނީ އިމްތިހާނުގައި ބައިވެރިވި ސެންޓަރަކަށެވެ. މިދިޔަ އަހަރު 5000 އަށްވުރެ ގިނަ ދަރިވަރުން އޯ ލެވެލް އިމްތިހާނުގައި ވަނީ ބައިވެރިވެފަ އެވެ.

އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފެށިއިރު އަންނަ ހަފްތާ ތެރޭ އޭލެވެލް އިމްތިހާނުގެ ނަތީޖާ ވެސް ދޫކުރަން ފަށާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.