އޯލެވެލް ނަތީޖާ: ބ. އަތޮޅު ތައުލީމީ މަރުކަޒަށް އަނެއްކާވެސް ރެކޯޑް އަހަރެއް

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވި ދަރިވަރުން މިއަހަރު ވެސް ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށާއި އަދި ވަކިވަކި މާއްދާތަކުން ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ.

ފެށުނީއްސުރެ އޯލެވެލް އިމްތިހާނުން ރަން ވަނަތައް ހޯދަމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އެ ސްކޫލަށް މިއަހަރަކީ ވެސް އޯލެވެލް ނަތީޖާގައި ރެކޯޑް އަހަރެކެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން 2018 ވަނަ އަހަރު ގަދަ ދިހައެއްގައި ހިމެނިފައިވަނީ 4 ކުދިންނެވެ. އެކަމަކު މިދިޔަ އަހަރުގެ ވަގުތީ ނަތީޖާ އަށް ބަލާއިރު އެއަށްވުރެ ގިނަ ކުދިން ގަދަ ދިހައެއްގައި ހިމެނޭނެ ކަމަށް އެ ސްކޫލުން މައުލޫމާތުދެ އެވެ. އޭގެ ތެރެއިން އަށް މާއްދާ އިން އޭ ސްޓާ ހޯދައިގެން އެ ސްކޫލުގެ ދަރިވަރަކު ގަދަ ދިހައެއްގެ އެއް ވަނައިގައި ވެސް ހިމެނެ އެވެ. މިއީ އޯ ލެވެލްގެ ގަދަ 10 ހޮވަމުން މިހާރު އަންނަ އާ އުސޫލުގެ ތެރެއިން އެ ސްކޫލުގެ ކުއްޖަކު ހުރިހާ މާއްދާއިން އޭ ސްޓާ ހޯދި ފުރަތަމަ ފަހަރެވެ.

ބ. އަތޮޅު ސްކޫލުތަކުގެ ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މި ކާމިޔާބީގެ ސިއްރަކީ ޓީޗަރުންކޮށްދެއްވާ ބުރަ މަސައްކަތް ދަރިވަރުންނާ ބެލެނިވެރިން ހެޔޮހިތުން ބަލައިގަތުމެވެ. އަދި ޓީޗަރުންނަށް މިނިވަންކަމާއި ހިތްހަމަޖެހުމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮތުން ކަމަށްވެސް އެ ސްކޫލުން ބުނެ އެވެ.

އޯލެވެލް އަށް ތައްޔާރުވުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ކޮންމެ އަހަރަކުވެސް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.