އޭދަފުށީ ކައުންސިލަށް ހޮވަން ރަނގަޅީ ކޮންބައެއް؟

ބ. އޭދަފުށީގައި ބަހައްޓާފައިހުރި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ބޭނާތަކެއް ކައިރިން ބަޔަކު ހިނގާފައި ދަނީ. ފޮޓޯ: ތޯރިގް/އީޓީ
ބ. އޭދަފުށީގައި ބަހައްޓާފައިހުރި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ބޭނާތަކެއް ކައިރިން ބަޔަކު ހިނގާފައި ދަނީ. ފޮޓޯ: ތޯރިގް/އީޓީ

އަނެއްކާވެސް އޭދަފުށީ ރައްޔިތުން ބަސްކިޔާނެ ފުރުސަތެކެވެ. ލޯކަލް ކައުންސިލުތަކުގެ އިންތިހާބް މިހާރު މިވަނީ އޭދަފުށީ ރައްޔިތުންނާވެސް ކުރިމަތިލައިފަ އެވެ. ލާމަރުކަޒީ އުސޫލުން ހިންގަން ބޭނުންވާ ކައުންސިލްތަކުގެ އިންތިހާބު އިލެކްޝަނުން އަންނަމަހު 6 ގައި ބާއްވާނެ އެވެ. އަދި ޕާޓީތަކުގެ ޓިކެޓްގައި ވާދަކުރާ މީހުންނާ، ވަކިވަކިން ވާދަކުރާ މީހުން މިހާރު ރަސްމީކޮށް ކެންޕޭން މިވަނީ ފަށައިފަ އެވެ. ހޮވާނީ ކޮންބައެއްތޯ ނުވިސްނާ ތިބެވޭކަށްދެންނެތެވެ.

ރަށު ކައުންސިލް އިންތިހާބަކީ ރިޔާސީ އިންތިހާބާ މަޖިލީހުގެ އިންތިހާބެކޭ އެއްވަރުގެ މުހިއްމު އިންތިހާބެކެވެ.

މިފަހަރު ވޯޓްދޭން ޖެހެނީވެސް ސީދާ ރައްޔިތުންނަށް ހިދުމަތްކުރާ ބަޔަކު ހޮވުމަށެވެ. ހުރިހާގޮތަކުން ބަލާއިރުވެސް އިންތިހާބުގެ މުހިއްމުކަން ބޮޑެވެ. ކައުންސިލް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ މެމްބަރުންނަށްވުރެ ގާތުން ރައްޔިތުންނަށް ހިދްމަތްދޭންޖެހޭ ބަޔަކަށްވާތީ އެވެ. އޭދަފުށީގެ ތަރައްޤީއާއި މިރަށުން ލިބޭނެ ހިދުމަތްތަކަކީ ކައުންސިލްގެ މަސްއޫލިއްޔަތުތަކެވެ. އަދި މިކަންކަމާ ގުޅުންހުރި ބޮޑެތި ބާރުތަކެއް ގާނޫނީ ގޮތުން ކައުންސިލަރުންނަށް ލިބިދެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އޭދަފުށީ ކައުންސިލަށާއި އަތޮޅު ކައުންސިލަށް ކުރިމަތިލައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ބޭނާއެއް. ފޮޓޯ: ތޯރިގް/އީޓީ
ލޯކަލް ކައުންސިލް އިންތިހާބުގައި އޭދަފުށީ ކައުންސިލަށާއި އަތޮޅު ކައުންސިލަށް ކުރިމަތިލައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ބޭނާއެއް. ފޮޓޯ: ތޯރިގް/އީޓީ

“ވަރަށް ބާރުވެރި ބައެއް މިއަންނަނީ. އެހެންވީމާ މިވަރުގެ ބާރުވެރި ބަޔަކު އަންނައިރު އަހަރެމެން އެބަޖެހޭ އެ ހޮވާބަޔަކީ އެކަމަށް ގާބިލް ބަޔަކަށް ވާން. އަދި މި މީހުން ވާންޖެހޭނީ ގާނޫނުތަކާ ގަވާއިދުތަކަށް ބޯލަނބާ ރައްޔިތުންގެ ރުހުން ލިބިފައިވާ އަބުރުވެރި ބަޔަކަށް. ފައިސާއަށް ވިސްނައިގެން އާއިލީ ނުވަތަ ޝަހްސީ ކަމަކަށް ބަލައިގެން މިކަމުގައި ރައްޔިތުންނަށް ލަނޑު ލިބިދާނެ.” ކުރިން އޭދަފުށީގެ އިސްމަގާމެއް އަދާކުރެއްވި އަދި މިހާރު އަމިއްލަ މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅަކު ވިދާޅުވި އެވެ.

“މި އިންތިހާބުގައި ރައްޔިތުން މީހަކު ބުނާގޮތަކަށް ވޯޓް ދީގެންނުވާނެ. ވޭތުވެދިޔަ ދެ ދައުރުގެ ތަޖުރިބާއަށް ބަލައި ވޯޓް ދޭންވާނީ އެމީހަކު އަމިއްލައަށް ވިސްނާ އޭނާއަށް ހުރިހާ ގޮތަކުންވެސް ކަމުދާ ބަޔަކަށް. ކޮންމެހެން ޕާޓީއަކަށް އަދި އަމިއްލަ ކެންޑިޑޭޓަކަށްވެސް ބަލާކަށް ނުޖެހޭ،”

އޭދަފުށީގެ ކުރިމަގުގެ ތަސައްވަރު ކުރެހުމުގެ މަސައްކަތް ހަވާލުކުރުމަށްޓަކައި ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކައުންސިލްތަކުގެ ދައުރު ކަނޑައަޅާފައިވަނީ ވަރަށް ފުޅާކޮށެވެ. ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާ ބާރުތައް ކަނޑައަޅާ ބަޔާންކޮށްކުރާ 23 ވަނަ މާއްދާއެކަނި ބަލާލިޔަސް މިކަން އެނގެއެވެ. ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުމުގެ ބާރު މި ކައުންސިލަށް ލިބިދެއެވެ. ރައްޔިތުންގެ ފައިސާއާ މުދާ ބަލަހައްޓާނީ ކައުންސިލުންނެވެ. އަދި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާނެގުމުގެ ބާރުވެސް ކައުންސިލަށް ލިބިދެއެވެ.

ކައުންސިލަށް ދީފައިވާ ބާރަކާ ގުޅިގެން ކައުންސިލުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވާ ފަރާތްތަކަށް އަދަބެއްގެ ގޮތުގައި 500-5000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެކަމަށް ގާނޫނު ބުނެއެވެ. އަދި ކައުންސިލަށް ފުލުހުންގެ އެއްބާރުލުން ހޯދުމަށް އެދިއްޖެނަމަ އެކަމަށް މަގުފަހިކޮށްދޭން ޖެހޭނެކަމަށްވެސް ގާނޫނުގައި ލިޔެފައިވެއެވެ.

ބ. އޭދަފުށީގައި ބަހައްޓާފައިހުރި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ބޭނާތަކެއް. ފޮޓޯ: ތޯރިގް/އީޓީ
ބ. އޭދަފުށީގައި ބަހައްޓާފައިހުރި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ބޭނާތަކެއް. ފޮޓޯ: ތޯރިގް/އީޓީ

“އެހެންވީމާ މި އިންތިހާބު ކުރެވެނީ ކިހާ މުހިއްމު ބައެއްކަމާމެދު ވިސްނާލަމާ، އިންތިހާބުގެ ކުރިން ރައްޔިތުންނަށް މިކަންކަން ރަނގަޅަށް ނޭނގިއްޖެނަމަ އޭދަފުށި ކީއްކުރަންތޯ، އެހެން ރަށްރަށުގައިވެސް ހަމައޮންނާނީ ކައުންސިލް ނަމެއްގައި އިނގޭތޯ. އެހެންވީމާ މި ކުރެވުނީ ބޭކާރުކަމަކަށް ވެދާނެ.” ގާނޫނީ ފުންނާބު އުސްބޭފުޅަކު ވިދާޅުވިއެވެ.

ރަށް ހިންގައި ތަރައްޤީކޮށް ރަށްވެހިކަމުގެ ހިދްމަތްތައް ދިނުމުގެ ޒިންމާ އޮތީވެސް ކައުންސިލަށެވެ. މީގެތެރޭގައި ވަރަށްފަންނީ ކަންކަންވެސް ހިމެނެއެވެ. އޭގެތެރޭގައި ރަށްގިރުން ހުއްޓުވުމަށް ފިޔަވަޅުއެޅުމާއި، ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމާއި، ކަރަންޓާއި ފެނާއި އަދި ނަރުދަމާގެ ނިޒާމްފަދަ އާންމު ހިދުމަތްތައް ހިންގައި ބެލެހެއްޓުންފަދަ ކަންކަން ހިމެނެއެވެ. އަދި ރަށުން ބިން ދޫކުރުމާއި ގަވާއިދުން އިމާރާތް ކުރުވުމުގެ ކަންކަން ބެލެހެއްޓުމާއި، ސަގާފީ ކަންކަން ދިރުވާ އާލާކުރުމުކީވެސް ކައުންސިލްގެ ދައުރުތެރޭގައިވާ ހިމެނޭކަންކަމެވެ. ކަމުގެ ތަޖުރިބާކާރުންނާ ހަވާލުކޮށްގެން ކުރުވިނަމަވެސް މިފަދަ ފަންނީ ކަންކަމާމެދު ކޮންމެވެސްވަރަކަށް ހޭލުންތެރި މެމްބަރުންތަކެއް ކައުންސިލަށް ބޭނުންވާނެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    Real ppm

    Mindhauruga ves Kame v ya vaanee ppm council e ovegen kan. Gabool kuraathi. Ekamu hithaama akee thanakun ukaali anhenun thake kurimathi laafai thibeema. Ve aharenge choice 1kudey
    2Zaid
    3Tholal
    4Itadee
    5Naushad

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.