ކަރަންޓް މައްސަލަ އަށް އަވަސް ހައްލެއް ބޭނުން

އޭދަފުށީ އިންޖީނުގެ. މި ތަނުގައި ބޭނުންކުރަމުންދާ އިންޖީނަކަށް މައްސަލަ ދިމާވެގެން ދޭތެރެ ދޭތެރެ ދޭތެރެއިން ދަނީ ކަރަންޓް ކަނޑާލަމުން
އޭދަފުށީ އިންޖީނުގެ. މި ތަނުގައި ބޭނުންކުރަމުންދާ އިންޖީނަކަށް މައްސަލަ ދިމާވެގެން ދޭތެރެ ދޭތެރެ ދޭތެރެއިން ދަނީ ކަރަންޓް ކަނޑާލަމުން

ބ. އަތޮޅުގެ ވެރިރަށް އޭދަފުއްޓަށް މި ފަހަކަށް އައިސް ވަނީ ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެފަ އެވެ. ހޫނުކަން ބޮޑު ދުވަސްވަރަކަށް ފަހު ވިއްސާރަ މޫސުމް ފެށުމުން ވެސް އެކަން އަދި ވަނީ ހައްލުކުރެވޭ ގޮތް ނުވެފަ އެވެ. މިއީ ފަހަކަށް އައިސް މިރަށުގެ ރައްޔިތުންނަށް ކުރިމަތިވި ކަރަންޓް ކެނޑުމުގެ އެންމެ ދިގު ސިލްސިލާ އެވެ.

އޭދަފުށީ އިންޖީނުގެއިން ބުނާ ގޮތުގައި ދޭތެރެ ދޭތެރެއިން ރަށުގެ އެކި ހިސާބުތަކުން ބައިގަޑިއިރަށް ކަރަންޓް ކެނޑާލަންޖެހެނީ ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށް ގޮސް އެތަނުގެ އިންޖީނުތަކުގެ ކެޕޭސިޓީ އަށް ނުފެތިގެންނެވެ.

އިރުއިރުކޮޅުން ކަރަންޓް ކަނޑައިގެން ދިއުމުން އުފެއްދުންތެރިކަމަށް ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ އެވެ. އޮފީސްތަކުގެ މަސައްކަތް ހުއްޓާލަން ޖެހެ އެވެ. ވިޔަފާރިތައް ހުއްޓުމަކަށް އާދެ އެވެ. އަގުބޮޑެތި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އަދި އިންސާނީ އެހެން ގިނަ މަސައްކަތްތަކަށް ބުރޫއަރަ އެވެ. އެހެންކަމުން ކަރަންޓަކީ ހަމައެކަނި ކޮޓަރި ފިނިކޮށްލަން ބޭނުންކުރާ ޚިދުމަތަކަށް ވުރެ މިއަދުގެ ދުނިޔޭގައި އެއީ އުފެއްދުންތެރިކަމުގައި ވެސް އެންމެ ބޮޑު ރޯލެއް އަދާކުރާ ޚިދުމަތެވެ.

އޭދަފުއްޓަށް މިހާރު ބޭނުންވަނީ ކަރަންޓްގެ ކެނޑުމުގެ މައްސަލައަށް ކުރު މުއްދަތުގެ ހައްލެއް ނޫނެވެ. ދިގު މުއްދަތެއްގެ އަވަސް ހައްލެކެވެ. އެއީ މިހާރު ހުރި ޖަނަރޭޓަރުތައް ބަދަލުކޮށްގެން ނުވަތަ އާ ޖަނަރޭޓަރެއް ގެނެސްގެން ނަމަވެސް ވެހެވެ.

އޭދަފުށީގެ ކަރަންޓަށް އެކަށީގެންވާ ހައްލު ހޯދުން ދިގުދެމިގެންދަންޏާ އެކަން އިޖުތިމާއީ ވަރަށް ބޮޑު ހިތްހަމަނުޖެހުމަކަށް ވެސް ވާނެ އެވެ. ކުރިއަށް އޮތީ ރޯދަމަސް ކަމަށްވުމުން ކަރަންޓް ބޭނުންކުރާ މިންވަރު ދާނީ އިތުރުވަމުންނެވެ. މިގޮތަށް އަބަދު، ދުވާލަކު އެއް ގަޑިއިރު، ބައެއް ދުވަސްދުވަހު އެއް ފަހަރަށް ވުރެ ގިނަ ފަހަރު ކަރަންޓް ކެނޑުމުގެ އުނދަގޫތަކާ ކުރިމަތިލާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. Avatar
    މުޙައްމަދު ރިޒާ

    ކަރަންޓް ކަނޑައިގެން ދިއުމަކީ ވަރައްބޮޑު މައްސަލައެއް،މިކަމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ވަރައްބޮޑައް ގެއްލުންވަމުންވެސް އެބަދޭ. ﷲ ގެ ރަޙްމަތް ފުޅުން ރޯދައިގެ ކުރިން ޖަނަރޭޓަރެއް ގެނެވޭނެ އަދި 800 ކިލޯވޯޓް ގެ ޖަނަރޭޓަރެއް އޯގަސްޓް ފަހުކޮޅު މިރަށައް ލިބޭނެ ކަމައް ވަރައްބޮޑަށް އުއްމީދު ކުރެވޭ.

    ރައްދު
  2. Avatar
    އައިނަ

    އަހަންމަދާ ހަޖަމް ނުވަނީތާ ކިޔަވައިގެން ތިބޭ މީހުންނަށޭ މެނޭ ޖަރުކަން ލިބޭނީ ވަރަށް ދެރަވޭތަ ދެން ނުރޯތި

    ރައްދު
  3. Avatar
    sanA

    ބާގީ ސަރުކާރު ނިމުމަކަށް ގެންނަންވީ އޭރުން ކަރަންޓުގެ މައްސަލަ ހައްލުވީ “މިކޮމެންޓް ނުކެރޭނެ ޖަހާކަށް”

    ރައްދު
  4. Avatar
    tt

    ކެތްތެރިވާންދަސްކޮށްބަލަ. މިޔަށްވުރެއް ހާލުގައުޅޭ ރަށްރަށްވެސް އެބަހުއްޓޭ. ﷲ އަށް ޝުކުރުކުރަން ދަސްކޮށްބަލަ…

    ރައްދު
  5. Avatar
    Ahmed

    ތިބުނީ ހަމަ ދެތެއް. މިކަމަށް އަވަސް ހައްލެއްބޭނުން. އަނެއްކާ ކަރަންޓް ކަނޑާލާ ވަހަކ ނުވެސް ބުނެލާނެ. މީގެ ކުރިން ވާ ގޭގެ އަށް ނޯޓިސް ފޮނުވާ. ރަށުކައުންސިލުން ގޮވާއެއްޗެއް ގޭގެތެރޭގައި ތިބޭ މީހުންނަށް ގިނަ ފަހަރު ސާފެއް ނުވޭ. އިންޖީނުތައް އަޕްގްރޭޑް ނުކުރެވުންސް އިއުލާން ނުކޮށް މެނޭޖަރުންނާ އެސިސްޓެންތް މޭނޭޖަރުން ލެވޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.