ވީބީ އައްޑޫ އެފްސީ އާ ކުރިމަތިލާން އޭދަފުށި އޮތީ ތައްޔާރަށް: ބައްޓޭ

 

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ނުކުންނަން އޭދަފުށީ ޒުވާނުންގެ ކްލަބް އޮތީ ތައްޔާރަށް ކަމަށް އެޓީމުގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) މިރޭ ބުނެފި އެވެ.

“އައްޑޫ އެފްސީ އާ ދެކޮޅަށް ކުޅެން ތައްޔާރަށް ޔޫތު ޓީމު އޮތީ. މާދަމާގެ މެޗުން ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރަން” ބައްޓޭ ބުންޏެވެ

ޖުމުލަ 12 ޓީމު ވާދަކުރާ މުބާރާތުގެ ގުރޫޕް އެކެއްގައި އޭދަފުށީގެ އިތުރުން ދެން ހިމެނެނީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި ވީބީ އައްޑޫ އެފްސީ އަދި 2011 ވަނަ އަހަރުގެ ޔޫތު އެފްއޭ ކަޕް ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ނިއު އާއި ވިކްޓަރީ އަދި ވެލެންސިއާއާއެކު ގުރޫޕް ދޭއްގައި ދެން ހިމެނުނީ ބީޖީ ސްޕޯޓްސް އެވެ.

ގުރޫޕް ތިނެއްގައި އޮތީ މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް އީގަލްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބާއި ކެލާ ނާޅި ސްޕޯޓްސް އަދި ކްލަބް ގްރީން ސްޓްރީޓެވެ.

އޭދަފުށީ ޓީމުގެ ދެވަނަ މެޗު އޮންނާނީ ޖެނުއަރީ 18 ވާ ހުކުރު ދުވަހު ކްލަބް އޭވައިއެލްއާ ދެކޮޅަށެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖެނުއަރީ 25 ވާ ހުކުރު ދުވަހު ބައްދަލުކުރަން ޖެހެނީ މާޒިޔާއާ އެވެ. މި ހުރިހާ މެޗެއްވެސް ކުޅުން ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ދަނޑުގައެވެ.

ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތަކަށް ކުއާޓާ ފައިނަލްގެ ޖާގަ ލިބޭނެ އެވެ. ކުއާޓާގެ ފަހު ދެ ޖާގަ ލިބޭނީ ތިން ގުރޫޕުން ވެސް ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަށެވެ.

މި އަހަރު ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް ކުޅުމަށް ހަމެޖެހިފައިވަނީ އަންނަ މަހު 14 ވަނަ ދުވަހު އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ގްރޫޕް އޭ ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ބައްދަލުކުރި މެޗް ނިމުނީ 1-1 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ.

ޓީމު ލިސްޓް

ޓީމު ލިސްޓް

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Avatar
    ޢަބްދުލްމުހައިމިން

    80 ގެ އަހަރު ތަކުގައި އޭދަފުށީގައި އުފެދުނު މޮޅު ކުޅުންތެރިންގެ ދަރީން މިޓީމުގައި ހިމެނޭކަމަށްޓަކައި އުފާކުރަން. ފިނި ބަތްޕެނުގެ ޒަމާން މާޒީވެ ރެޑްބުލް އާއި އެކްސެލްގެޒަމާނަށް އުފަންވި ޔަންގު ޓީމުން މޮޅު ކުޅުމެއް ދައްކާ ރަނގަޅު ކާމިޔާބީއެއް ހޯދާނެ ކަމަށް އުއްމީދުކުރަން،

    ރައްދު
  2. Avatar
    iIbu

    އޭދަފުށި ޓީމުގަ އެންމެ ކީޕަރެއްބާހުރީ؟؟؟؟…ޓީމްލިސްޓައްބަލާލުމުން އެކަން ވަރަށް ބޮޑައްފާހަނގަ ކުރެވޭ……؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.