ބައްސާމުގެ ހެޓްރިކާއެކު އޭދަފުށި މޮޅުވެއްޖެ

އޭދަފުށީ ޓީމުގެ ބައްސާމު (ކ) ބޯޅަ ހޯދުމަށް މަސައްކަތްކުރަނީ: މި މެޗުން އޭދަފުށީ މޮޅުވީ ބައްސާމުގެ ހެޓްރިކާއެކު 1-3 އިން. — ފޮޓޯ / އެފްއޭއެމް

 

ދިހަ މީހުންނާ އެކު ކުޅެ، މުހައްމަދު ބައްސާމުގެ ހެޓްރިކާއެކު، ޔޫތު ޗެމްޕިއަންޝިޕްގެ ގުރޫޕް އެކެއްގައި އޭވައިއެލްގެ މައްޗަށް 1-3 އިން އޭދަފުށި މޮޅުވެއްޖެ އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި އޭދަފުށީ ޓީމުން މެޗުގެ ފުރަތަމަ ލީޑުނެގީ މެޗުގެ ފަސްވަނަ މިނިޓްގައި ބައްސާމު ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފުރަތަމަ ހާފުގެ ނަތީޖާގައި އޮވެ ނިމުނުއިރު، ދެވަނަ ހާފުގެ ކުރީކޮޅު އޭވައިއެލްގެ ކުޅުންތެރިއަކަށް މުޅިން ހުސްކޮށްލިބުނު ބޯޅައެއްވެސް ގޯލަކަށް ބަދަލުކޮށްލެވިފައެއް ނުވެއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ހަމައަކަށް ނޭޅެނީސް އޭވައިއެލްގެ އަހުމަދު ހަލީމުވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ. އޭގެ ދިހަ މިނިޓްފަހުން އޭދަފުށީގެ ގޯލަށް ވަންނަން ދިޔަ ބޯޅައެއް އަތުން ޖަހައި މަތަކުރުމުން އޭދަފުށީގެ ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު އަޖުފާނަށް ވަނީ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. ނަމަވެސް އެއާއެކު ލިބުނު ޕެނަލްޓީ އޭވައިއެލްގެ އަބޫބަކުރު އިބްރާހިމް ފޮނުވާލީ ގޯލުގެ މަތިން ބޭރަށެވެ.

ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އޭދަފުށީ ޓީމަށް ދެވަނަ ފަހަރަށް ބައްސާމު ލީޑު ނަގައިދިނީ 90 ވަނަ މިނިޓްގައި އޭވައިއެލްގެ ހާފުގެ މެދަކާ ހިސާބުން އޭނާ ކާމިޔާބުކުރި ލަނޑަކުންނެވެ.

އިތުރުވަގުތުގައި އޭދަފުށީގެ ތިންވަނަ ގޯލް ބައްސާމު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.

މިއަދުގެ މެޗުން އޭދަފުށި މޮޅުވުން، ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތް ވީބީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ވިއިރު، ދެ ޓީމަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

އަންނަ ހުކުރުދުވަހުކުޅޭ މެޗުގައި އޭދަފުށީ ނުކުންނާނީ ގްރޫޕްގެ އެއް ވަނަ މަގާމްގައި އޮތީ ހަތަރު ޕޮއިންޓާއެކު އޮތް މާޒިޔާ ދެކޮޅަށެވެ.

 ޖުމުލަ 12 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭ އިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިން ވަނަ އަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމްލަ އަށް ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

 

ގުޅުންހުރި ލިޔުންތައް

8 ކޮމެންޓް

  1. Avatar
    Ariymas

    ަރާއްޖޭގެ އެންމެ މޮޅުކުޅުންތެރިން ތިބި ރަށުން ޓީމެއްވެސް ހަމަނުވީބާ. އޭދަފުށި މީހުން ރަގަޅުވާނީ ފޮނި އަގަތަޅަން. އޭދަފުށީ ނަމުގަ ތި ޓީމް ބައިވެރިވިޔަސް ގޮއިދޫ ކުޅުންތެރިޔަކު ކުޅެގެން ޓީމް މޮޅުވެފަ ތި އޮތީ. ގޮއިދޫ ކުދިން ކުޅެގެން މޮޅުވަނީ. ފަންޑިތަ ހަދައިގެން ނޫން މޮޅުވަނީ. އޭދަފުށީ މީހުން ކީއްވެބާ ކޮމެންޓް ނުކުރީ ބައްސާމް ލަނޑު ޖެހީ ފަންޑިތަ ހަދައިގެންނޭ. އޭދަފުށީ މީހުަންނަކީ ފަންޑިތައަށް ތަބާވެގެންއުޅޭބައެއް. ގޮއިދޫ މީހުން ގަބޫލްކުރާއެއްޗެއްނޫން އެއީ. ސާބަސް ބައްސާމް.

    ރައްދު
  2. Avatar
    Mujuthaba

    ޓީމުގައި ތިބި 20 ކުޅުންތެރިންގެ ތެރެއިން 2 ކުޅުންތެރިން ފިޔަވައި ދެންތިބީ ހުސްވެސް އޭދަފުށި ކުޅުންތެރިން. ރަށުންބޭރު ދެކުޅުތެރިންގެ ތެރެއިން އެއްކުޅުންތެރިޔަކު ނިސްބަތްވަނީ މިއަތޮޅު ގޮއިދޫައަށް އަދި އަނެއްކުޅުންތެރިޔާ ނިސްބަތްވަނީ މިއަތޮޅު މާޅުހަށް. މިގޮތުން އަޅުގަނޑު ގަބޫލު ކުރާގޮތުގައި އޭދަފުށި ޓީމު މިހޯދާ ކާމިޔާބީގެ ސަބަބުން އޭދަފުށީ ގެ ރައްޔިތުންގެ އިތުރުން މާޅޮސް، ގޮއިދޫގެ ރަތްޔިތުންވެސް ފަހުރުވެރިކަމާ އެކީގައި މިކާމިޔާބީ ފާހަގަކުރޭ. މިއީ ހަމަ ގައިމުވެސް މި އަތޮޅަށް ނިސްބަތްވާ ޓީމެއް. ހުސްވެސް ބ. އަތޮޅަށް އުފަން ކުޅުންތެރިން. ބ އަތޮޅަށް އުފަން ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް މި ޓިމާދެތެރޭ ފަހުރުވެރިވަން. އެދެނީ މުބާރާތް ކާމިޔާބު ކުރުމަށް.

    ރައްދު
  3. Avatar
    iIbu

    މިއާޓިކަލް ކިޔާލުމުން ހީވަނީ ވީބީ އައްޑޫ އެފްސީ ކުޅުނީ 1 މެޗުހެން؟ މިއިން ކޮންމެ ޓީމެންވެސް 2 މެޗް ކުޅެފަވާކަން ފާހަގަކޮއްލަން އަދި އޭދަފުއްޓާ ވީބީ އައްޑޫ އެފްސީ މިދެޓީމަށްވެސް ލިބިފައިވަނީ 3 ޕޮއިންޓް އަދި މިވަގުތު ގުރޫޕްގެ ދެވަނަ އޭދަފުއްޓަށް ލިބިފަވާކަން ފާހަނގަ ކޮއްލަން

    ރައްދު
  4. Avatar
    Nizam

    ގޮއިދޫ ޓީމަށް އޭދަފުށީ މަޖިއްޓޭ ކުޅުނު ފަދައިން މިފަހަރު މިއޮތީ އޭދަފުށީ ޓީމަށް ގޮއިދޫ ބައްސާމު ކުޅެދީފައި. ބައްސާމަކީ ހުނަރުވެރި ކުޅުންތެރިޔެއް. އޭދަފުށީ ޓީމަށް ކާމިޔާބީއެދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.