އޮފީސް މުބާރާތުގައި ފަނަރަ އޮފީހަކުން ހަ ޓީމު

މިދިޔަ އަހަރުގެ އޮފީސް މުބާރާތުގެ ފައިނަލުގައި ތައުލީމީ މަރުކަޒާއި ޕޮލިސް ކުޅެނީ. –އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރުގެ އޮފީސް މުބާރާތުގެ ފައިނަލުގައި ތައުލީމީ މަރުކަޒާއި ޕޮލިސް ކުޅެނީ. –އީޓީ ފައިލް ފޮޓޯ

އޭދަފުށީގައި ހުރި ސަރުކާރު އޮފީސް/ ކުންފުނިތަކަށް ހުޅުވާލައިގެން އަންނަމަހު 1 ގައި ފަށާ “އިންޓަރ އޮފީސް ފުޓްސަލް ޗެލެންޓް 2013” ގައި 15 އޮފީހަކުން ހަ ޓީމު ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނެފިއެވެ.

އޮފީސްތަކުގެ މެދުގައި ފޯރިއާއެކު ކުރިއަށްދާ ބ. އަތޮޅު ތައުލީމީ މަރުކަޒާއި، އޭދަފުށީ ޕޮލިސް ސްޓޭޝަން ފިޔަވައި އެހެން އެހެން އޮފީސްތަކުން ޓީމުތައް އެކުލަވާލާފައިވަނީ އޮފީސްތަކާ ގުޅިގެން ކޮމްބައިން ޓީމުތައް ގޮތުގައެވެ. އެއީ ބެންކް/ހޮސްޕިޓަލް/ޖެންޑާ/ރަށު ކައުންސިލް އާއި، ދިރާގު/ވިލާ ކޮލެޖް/ބައޮސްފިއާ އާއި ޔުޓިލިޓީ/އެސްޓީއޯ/ކޯޓް ގެ އިތުރުން  ވަތަނިއްޔާ/އެޓޯލް ކައުންސިލް/މީޑިޔާ ސެންޓަރު  ޓީމެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނީ މުބާރާތަށް ސްޕޮންސަރުން ހޯދުމާއި އެހެނިހެން މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިމަހުގެ 30 ވަނަ ދުވަހުގެރޭ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ. މުބާރާތް ބާއްވާނެ ތަނެއް އަދިވެސް މުޅިން ފައިނަލް ނުވާ ކަމަށާއި ނަމަވެސް މުބާރާތް ކުރިއަށްދާނީ އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ނުވަތަ ޔޫތު ސެންޓަރުގެ ފުޓްބޯޅަ ދަނޑުގައި ކަމަށް ފުލުހުން ބުނެއެވެ.

ޕޮލިސް އަތުން 2-1 އިން އިން މޮޅުވެ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ބ. އަތޮޅު ތައުލީމީ މަރުކަޒު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    immi

    މުބާރާތް ހިނގަމުން ދާއިރު ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަންތަށް ތައް ދިމަވާނެ، ހުރިހާ ޓީމްތަކުގެ ކުޅުންތެރިންނާއި ވާހަކަދައްކައިގެން ހައްލުކުރަންވާނެ،

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.