އޭދަފުށީގައި ދަނޑުތައް ހުޅުވާލައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފި

ކޮވިޑް-19ގެ ސަބަބުން ބަންދުކޮށްފައިހުރި އޭދަފުށީގެ ބައެއް ކުޅިވަރު މައިދާންތައް މިއަދުން ފެށިގެން ހުޅުވާލައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފި އެވެ.

ކޮވިޑް-19 އާ ގުޅިގެން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކޮށްފައިވާތީ، ކުޅިވަރު މައިޒާންތައް ބަންދުކުރީ މިދިޔަ މާޗު 14 ވަނަ ދުވަހު އެވެ. އަދި މީހުން އެއްވެ އުޅޭ ޕާކުތަކާއި އާއްމުން ތިބުމަށް ބޭރުގައި ބަހައްޓާފައި ހުންނަ ޖޯލިފަތިތަކުގައި ތިމުބާއި، އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.

މިކަމާ ގުޅިގެން އޭދަފުށި ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އަތޮޅު ތެރެއިން ކޮވިޑް-19 ނުފެންނަ އަދި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްގެ ގޮތުގައި އޭދަފުށި ރެކޯޑް ކުރެވިފައިވުމާއެކު ޔޫތު މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މިއަދުން ފެށިގެން މިރަށު ބައެއް ކުޅިވަރު މައިދާންތައް އާއްމުކޮސް ހުލުވާލައި ކުޅިވަރު ކުޅުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޔޫތު ސެންޓަރު، ފުޓްބޯޅަ ވެލި ދަނޑު، ފުޓްސަލް ދަނޑު، ފުޓްސަލް އެރީނާ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަޑު 8:00 އިން 12:00 ބަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ.  ނަމަވެސް މިތަންތަން ފިޔަވާ ރަށުގެ އެހެން ހުސްބިން ތަކުގައި މީހުން އެއްވެ އުޅެ އެއްވެސް ބާވަތެއްގެ ކުޅިވަރުކުޅެ ހެދުމަކީ މަނާކަމެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ މިފަދަ ހުއްދައެއް ދިނަސް އެ ތަންތަކުންގައި ކުޅިވަރު ކުޅުމުގައި ބަލަން ޖެހޭ އެކި ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން އާއްމު ސާފުތާހިރުކަން ދިނުމާއެކު ކުޅިވަރު މައިދާންތަކަށް ކުޅު ނުޖެހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަ ކުރެވޭ އެއްވެސް ފަރާތަކުން ކުޅިވަރު މައިދާންތަކަށް ނުދިއުމަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި ކުޅެން ފެށުމުގެ ކުރިންނާއި ކުޅެ ނިމުމަށްފަހު ގްރޫޕް ހަދައިގެން މައިދާން ތަކުގައި މަޑު ނުކުރަށްވެސް ކައުންސިލުން އެދިފައިވެ އެވެ.  

މީގެ އިތުރުން އޭދަފުށީގައި މިވަގުތު ދިރިއުޅޭ އެއްވެސް ސްކޫލު ކުއްޖަކު ކުޅިވަރު މައިދާންތަކަށް ނުކުމެ ކުޅިވަރު ކުޅުމަކީ މަނާ ކަމެއްކަމަށްވެސް ރަށު ކައުންސިލުގެ އިއުލާމުގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.