
އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ބޭއްވި ފްރެންޑް މީ ވިމެންސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ގަލްފް ގާލްސް އިން ހޯދައިފި އެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ ރޭ އޭދަފުށީ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ސްޕާސް އެފްޓީއާ ބައްދަލުކޮށް 3-2 ން ކުރި ހޯދައިގެންނެވެ.
މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން

މި މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ފައިނަލުމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގަލްފް ގާލްސްގެ އައިޝަތު ޝިފާ އާއި ފާތުމަތު ފައިހާ އާއި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސްޕާސް ޓީމުގެ އައިމިނަތު ޝާމިލާ އާއި އައިމިނަތު ނީމް އަދި ފްރެންޑްސް ޓީމުގެ ގޯލްކީޕަރު މައުނާ އަބްދުލްއަޒީޒު އެވެ.
މުބާރާތުގައި އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ފްރެންޑްސްގެ ފާތުމަތު ޒީނިޔާ އެވެ.
އެންމެގިނަ ގޯލް ޖެހި ކުޅުންތެރިޔާ، ފާތުމަތު ޒީނިޔާ

މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާ، ހައްވާ އިޒްވާ

މި މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔަކީ ސްޕާސް ޓީމުގެ ގޯލް ކީޕަރު ފަނަރަ އަހަރުގެ ހައްވާ އިޒުވާ އަމްޖަދު އެވެ.
މުބާރާތުގް އެންމެ މޮޅު ކުޅުންތެރިޔާ، އައިމިނަތު ޝާމިލާ

މުބާރާތުގެ އެންމެމޮޅު ކޯޗަކަށް ގަލްފް ގާލްސްގެ މުހައްމަދު ރަޝީދު ހޮވުނުއިރު، ބެސްޓް ސަޕޯޓަރަކަށް ހޮނުވީ ސުނީތާ އަބޫބަކުރެވެ.
ބެސްޓް ސަޕޯޓަ، ސުނީތާ

ޒުވާނުންގެ ކްލަބުން ބުނީ އަންހެނުންނަށް ހާއްސަކޮށްގެން އިތުރު މުބާރާތްތައް މިއަހަރުތެރޭ ބާއްވާނެ ކަމަށެވެ.