އޭދަފުށިން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވެއްޖެ


މުޅި ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް “ގޯލްޑަން ފުޓްސަލް ޗެލެންޖް 2018” ގައި އޭދަފުށިން ބައިވެރިވެއްޖެ އެވެ.

2015 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތުގައި އޭދަފުށި ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ. އޭދަފުށީގެ އިތުރުން ބ. އަތޮޅުން ދެން ބައިވެރި ވެފައިވަނީ ކުޑަރިކިލާއި ހިތާދޫ އަދި ތުޅާދޫ އެވެ. ހިތާދޫ އަކީ 2015 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރި ޓީމެވެ. ތުޅާދޫ އަކީ މިދިޔަ އަހަރު މި މުބާރާތުގެ އަތޮޅު ޗެމްޕިއަނުންނެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖައްސާފައިވަނީ ނައިކް މެނަރ އެކްސް ފުޓްސަލް ބޯލް

މުބާރާތް ކުރިއަށް ދާނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ދުވަހުގެ ނިޔަލަށެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމު ކުރާ މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިފަހަރުވެސް ސޮނީ ސްޕޯޓްސް އެވެ.

މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖައްސާފައިވަނީ “ނައިކް މެނަރ އެކްސް ފުޓްސަލް ބޯލް” ގައެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 65 ހާސް ރުފިޔާ ހުށަހަޅާފައި ވާއިރު ދެވަނަ ޓީމަކަށް 25 ހާސް ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުގެ މުބާރާތްވެސް ކުޅޭނީ އަތޮޅު ބުރާއި ޒޯން ބުރު ވަކިންނެވެ. ބ. އަތޮޅުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށް ދާނީ ޖުލައި 16 އިން ޖުލައި 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ މާފަންނު މިނީ ގްރައުންޑް ގައެވެ.

މި މުބާރާތުގެ ފުރަތަމަ އަހަރުގެ ޗެމްޕިއަންކަން ހިތާދޫ ހޯދި އިރު 2016 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ތ. ތިމަރަފުއްޓެވެ. މިދޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި މާލެ ހެންވޭރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.