ސޮނެވާފުށިން ވޮލީ މުބާރާތުގެ ތަށި ދިފާއުކޮށްފި

ސޮނެވާފުށި ޓީޟު ޗެޕްޕިއަން ޓްރޮފީއާއެކު

އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލް މެޗަށް މިއަދު ހަވީރު ޑުސިޓް ތާނީ ޓީމު ހާޒިރުނުވުމުން، ސޮނެވާފުށީ ރިސޯޓުން ތަށި ދިފާއުކޮށްފި އެވެ.

މިއަހަރުގެ މުބާރާތުގައި މި ޒޯނުން ވާދަކުރީ އެންމެ ތިން ޓީމެވެ. އެއީ ސޮނެވާ އާއި ދުސިޓްގެ އިތުރުން ވައްކަރު މޯލްޑިވްސް އެވެ.

މުބާރާތުގެ މެޗުތައް ކުޅުނީ ސޮނެވާ އާއި ދުސިޓްގަ އެވެ. ނަމަވެސް ފައިނަލް މެޗު ކުޅޭގޮތަށް އޮތީ ސޮނެވާފުށީގަ އެވެ.

ޒޯން ފަހެއްގެ ޑްރީމް ޓީމް؛

ބެސްޓް އައުޓް ސައިޑް އެޓޭކަ: އަކްރަމް (ސޮނެވާފުށި)
ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަ: އަލީ ވިސާހު (ވައްކަރު)
ބެސްޓް މިޑްލް ޕްލޭޔަ: ހުސައިން މުޚުތާރު (ސޮނެވާފުށި)
ބެސްޓް މިޑްލް ބްކޮކަރު: ހުސައިން މުޚުތާރު (ސޮނެވާފުށި)
ބެސްޓް މިޑްލް ބްކޮކަރު: ސާވަރު (ވައްކަރު)
ބެސްޓް ސެޓަރު: މުއާޒު (ސޮނެވާފުށި)
ބެސްޓް އޮޕަސިޓް ޕްލޭޔަރު: އަހްމަދު އަލީ (ސޮނެވާފުށި)
ބެސްޓް ލިބަރޯ ޕްލޭޔަރު: އާދަމް ނިޒާމް (ސޮނެވާފުށި)
އެންމެ އުއްމީދީ ކުޅުންތެރިޔާ: ސުމެދާ (ސޮނެވާފުށި)

މި ޒޯންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ސޮނެވާފުށީ ޓީމުގެ ކޯޗު ސަތޯ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.