އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތް އަންނަ އާދީއްތަ ދުވަހު

މިދިޔަ އަހަރުގެ މުބާރާތުގައި ކުޅެނީ– ފައިލް ފޮޓޯ

އޭދަފުށީގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބ. އަތޮޅު ކައުންސިލުން ބާއްވާ އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތް އަންނަ އާދީއްތަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި އަންނަ އާދީއްތަ ދުވަހު ހަވީރު ފަށާ މުބާރާތުގައި 7 އޮފީހުން ފަސް ޓީމު ވާދަ ކުރާނެ އެވެ.

މުބާރާތުގެ ޝެޑިއުލް

މި މުބާރާތުގެ ގުރުނެގުން އަތޮޅު ކައުންސިލް އިދާރާގައި އިއްޔެ ވަނީ ބާއްވައިފަ އެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީމްތަކަކީ ބ. އަތޮޅު ކައުންސިލް، ދިރާގު އަދި ބ. އަތޮޅު ހޮސްޕިޓަލް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ މިދިޔަ އަހަރުގެ ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ބައޮސްފިއާ ރިޒާވް އޮފީހާއި އުރީދޫ އަދި ބީއެމްއެލް ގުޅިގެން ނެރޭ ޓީމް ބޮބް އެވެ.

އަތޮޅު ކައުންސިލު އިދާރާއިން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެއް ތަނަކުން ބައްދަލުވެ އެކުވެރިކަން އާލާކުރުން ކަމަށެވެ.

މިއީ އަތޮޅު ކައުންސިލުން މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.