ކްއާޓާ ފައިނަލްގައި އޭދަފުށީ ޓީމަށް ބޭނުންވަނީ ސަޕޯޓް

އޭދަފުށީ ޓީމް

މިހާރު މާލޭގައި ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކްއާޓާ ފައިނަލުގައި މިރޭ ހދ. ނައިވައިދޫ އާ ބައްދަލުކުރާއިރު އޭދަފުށީ ޓީމަށް ބޭނުންވަނީ ސަޕޯޓަރުންގެ އެހީ ކަމަށް އެޓީމުން ބުނެފި އެވެ.

އޭދަފުށި ފުޓްބޯޅަ ޓީމުގެ އޮފިޝަލަކު ބުނީ މިރޭ ކުޅޭ މެޗުގައި ސަޕޯޓަރުންގެ މުހިންމުކަން އޭދަފުއްޓަށް ވަރަށް މުހިންމުކަމަށާއި އެދުމަކީ ހަމަ ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ގޮސް ޓީމަށް ސަޕޯޓްކުރުން ކަމަށެވެ.

“އެހެން ރަށަރަށުންވެސް ވަރަށް ގިނަ ސަޕޯޓަރުން އާދޭ. އޭދަފުށީގެ ބޮޑު އާބާއީދެއްގެ މާލޭގައި އުޅޭއިރު މިރޭގެ މެޗަށް ސަޕޯޓްކުރުމަށް ދަނޑަށް ދިއުމަކީ މި ޓީމުގެ ވަރަށްބޮޑު އެދުމެއް. މިއީ މެޗުން މޮޅުވުމަށް ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވެސްވާނެ،”

މި ދެޓީމު ކުޅޭ މެޗު ފަށާނީ މިރޭ 22:00 ގައި މުބާރާތް ކުރިއަށްދާ މާފަންނު ގްރައުންޑް ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.