ބެޑްމިންޓަންގެ ދެ ބައިން ވެސް އޭދަފުށި ފައިނަލަށް

އޭދަފުށީ ބެޑްމިންޓަން ޓީމު

މިހާރު މާލޭގެ ކުޅިވަރު އެކުވެނީގައި ކުރިޔަށްދާ ގައުމީ ބެޑްމިންޓަން މުބާރާތް އަދި އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގެ ފައިނަލަށް އޭދަފުށީ ބެޑްމިންޓަން ޓީމު ދަތުރު ކޮށްފިއެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލުން އޭދަފުށި ޖާގަ ހޯދީ ސެމީގައި މިރޭ ސީއެސް ސްޕޯޓްސްގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ. އަތޮޅު ލީގުގެ ފައިނަލުން ޖާގަ ހޯދީ ސީދާ 3 ސެޓުން ނ. ހޮޅުދޫ ބަލިކުރުމަށްފަހު އެވެ. އެ ޓީމު ވަނީ ގްރޫޕް ސްޓޭޖްގައި ކުޅެވުނު 3 މެޗުވެސް ކާމިޔާބުކޮށްފަ އެވެ.

އޭދަފުށީ ޓިމުގެ ހުސެއިން މުބާރާތުގައި ކުޅެނީ

އޭދަފުށީ ބެޑްމިންތަން ޓީމްގައި 8 ކުޅުންތެރިން ހިމެނެއެވެ. އެއީ، މުހައްމަދު އިކްރާމް، އަބްދުލްމަތީން އަހްމަދު، ހުސައިން މުހައްމަދު، ތޮލާލު އަބްދުއްރަހްމާން، މަބްރޫކް ނަސީރު، އިބްރާހިމް މުހައްމަދު، އަހްމަދު ނާޝިދު، އާސިމް އާދަމް މަނިކް އަދި ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ ތޯމަސް އެންޓަނީ އެވެ. ޓީމްގެ ކޯޗަކީ އިބްރާހިމް ހުސައިން އެވެ. އަދި ޓީމްގެ މެނޭޖަރަކީ އިބްރާހިމް އާމިރު (ސަލްސާ އާމިރު) އެވެ.

މުބާރާތުގެ ފައިނަލު މެޗުތައް އޮންނާނީ މާދަމާ އެވެ. މާދަމާ ހަވީރު އަތޮޅު ލީގުގެ ފައިނަލުގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާތީ އައްޑޫ ބީޑީސީ އެވެ. ދެވަނަ ޑިވިޝަނުގެ ފައިނަލުގައި މާދަމާރޭ އޭދަފުށި ނުކުންނާނީ ގޯޅި ސްޕޯޓްސް އާ ދެކޮޅަށެވެ.

ޓީމަށް ސަޕޯޓް ކުރުމަށް މާލޭގައި ދިރިއުޅޭ އޭދަފުށީގެ ވީހާވެސް ގިނަ ބަޔަކު ކުޅިވަރު އެކުވެންޏަށް ދިއުމަކީ އެ ޓީމުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.