ކަމަދޫ ބަލިކޮށް އޭދަފުއްޓަށް އުއްމީދީ ފެށުމެއް

ކަމަދޫ އާއި އޭދަފުށި މިއަދު ކުޅުނު މެޗުގެ ތެރެއިން

ކަމަދޫގެ މައްޗަށް 2-0 އިން ކުރިހޯދައި އޭދަފުށިން ދޮންފަނު އިންވިޓޭޝަން ކަޕްގެ ފެށުން މިއަދު ރަނގަޅުކޮށްފި އެވެ.

މި މެޗުގައި އޭދަފުށިން ޖެހި ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފްގަ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި އަލީ ނަސީމުގެ ލަނޑުން އޭދަފުށި ލީޑުނެގިއިރު، މެޗުގެ ފަހު ހާފުގެ ފަހު މިނިޓްގައި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަޒާން ރަޝީދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އޭދަފުށީ ޓީމުގެ އަހްމަދު ތަސްނީފަށެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން މާޅޮސް އަތުން ދޮންފަނު ވަނީ 4-0 އިން މޮޅުވެފަ އެވެ.

ކަމަދޫ އާއި އޭދަފުށި މިއަދު ކުޅުނު މެޗުގެ ތެރެއިން

ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު 8 ރަށުން ވާދަ ކުރެއެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ ވާދަކުރާނީ ކިހާދޫއާ އެވެ. މި ދެރަށުގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނެނީ ދަރަވަންދޫ އާއި ކުޑަރިކިލު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.